Advertisement

އަނިޔާގެ ސަބަބުން ރެއާލްގެ ވިނީޝިއުސް އަށް ލިވަޕޫލް މެޗު ގެއްލިއްޖެ

about 4 hours 0


އަނިޔާގެ ސަބަބުން ރެއާލްގެ ވިނީޝިއުސް އަށް ލިވަޕޫލް މެޗު ގެއްލިއްޖެ

about 4 hours 0

މެޑްރިޑް (ނޮވެމްބަރު 26) - ޗެމްޕިއަންސް ލީގުގައި މި ހަފްތާގައި ލިވަޕޫލް ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅޭ މެޗުގައި އަނިޔާގެ ސަަބަބުން ރެއާލް މެޑްރިޑްގެ ތަރި، ވިނީޝިއުސް ޖޫނިއާ އަށް ނުކުޅެވޭނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.

އާދިއްތަ ދުވަހުގެރޭ ރެއާލުން ސްޕެނިޝް ލީގުގައި ލެގަނޭސް އަތުން 3-0 އިން މޮޅުވި މެޗު އެއްކޮށް ވިނީޝިއުސް ކުޅެފައިވެ އެެވެ. އެކަމަކު، ބުދަ ދުވަހުގެ ރޭ ލިވަޕޫލާ ކުޅޭ މެޗަށް ރެއާލުން ނެގި ސްކޮޑުގައި ވިނީޝިއުސް ނުހިމެެނެ އެވެ.

ރެއާލުން ބުނެފައިވަނީ، ވިނީޝިއުސްގެ ވާތު ފަޔަށް ލިބިފައިވާ އަނިޔާއާ ހެދި މެޑިކަލް ޓީމުގެ މަޝްވަރާގެ މަތިން ނިންމާފައިވަނީ މި މެޗުގައި އޭނާ ބޭނުންނުކުރުމަށް ކަމަށެވެ.

ޗެމްޕިއަންސް ލީގުގެ ތަށި 15 ފަހަރު ހޯދާފައިވާ ރެއާލުން މި ފަހަރު އާ ފޯމެޓެއްގައި ކުޅޭ މުބާރާތުގެ 36 ޓީމުގެ ލީގު ބުރުގައި މި ވަގުތު އޮތީ 18 ވަނައިގަ އެވެ. ލިވަޕޫލް އޮތީ މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ލީގު ތާވަލުގެ އެއް ވަނައިގަ އެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ވިނީޝިއުސް އަށް އަނިޔާއިން ރިކަވާވެގެން އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނީ ތިން ހަފްތާއެއްހާ ދުވަސް ފަހުންނެވެ. ވިނީޝިއުސް، އެކްސްގައި (ކުރިން ޓްވިޓާގައި) ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ވަރަށް އުނދަގޫކޮށް އޮތް ކަލަންޑަރެއް ކަމަށާއި މި ވަގުތު ފޯކަސް އަކީ ރިކަވަރީ ކަމަށެވެ.

މި ސީޒަނުގައި މިހާތަނަށް 18 މެޗު ކުޅެފައިވާ ވިނީޝިއުސް ވަނީ 12 ގޯލު ޖަހައި އަށް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.