about 3 hours 0
މުހައްމަދު ޝަހްޒާން
ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ޕީއެންސީ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނީ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
about 3 hours 0
މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ވެރިކަން ކުރާ ޕީއެންސީ އެތެރޭގެ އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާނުކޮށްފި އެވެ.
ޕީއެންސީން މިރޭ ކުރި އިއުލާނުގައި ބުނީ މާލެ އާއި އަތޮޅުތެރޭގެ 88 ރަށެއްގައި ކުރިއަށް ގެންދިޔަ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނު ކޮށްފައި ވަނީ ވޯޓުލީ މަރުކަޒުތަކުގައި ވޯޓު ގުނައި އެ މަރުކަޒުތަކުގައި އިއުލާނު ކުރި ގޮތަށް ކަމަށެވެ.
"ވަގުތީ ނަތީޖާތައް އިއުލާނު ކުރެވިގެން މިދަނީ ވޯޓުލާ މަރުކަޒުތަކުގައި ވޯޓު ގުނައި، އެ މަރުކަޒުތަކުގައި އިއުލާނު ކުރި ގޮތަށްކަން ކަށަވަރު ކުރުމާއެކު އެފަައިން ކަމުގައި ދަންނަވަން،" ޕީއެންސީގެ އިއުލާނުގައި ބުންޏެވެ.
މިރޭގެ އިއުލާނާއެކު ޕީއެންސީން ވަނީ ވަގުތީ ނަތީޖާއާމެދު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ. ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ ގޫގުލް ފޯމެއް މެދުވެރިކޮށެވެ. ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއެއް ބަޔާން ކޮށްފައެއް ނެތެވެ.
އިއުލާނުގައި ބުނީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރާނީ ރާއްޖޭގައި ބެހެއްޓި 143 ވޯޓު ފޮށީގެ ވޯޓު ކަރުދާސްތަކާއި ނަތީޖާ ޝީޓުތަކުގެ އަސްލު ޕީއެންސީގެ ރަސްމީ އޮފީހަށް ލިބުމުން، އެހައިތަނަށް ހުށަހަޅާފައިވާ ޝަކުވާތަކަށް ރިއާއަތް ކުރުމަށްފަހު ކަމަށެވެ.
ޕީއެންސީން ބުނީ ވޯޓުލުމުގެ ކުރިން އިންތިހާބުވި މެންބަރުންނާއި ވޯޓުން އިންތިހާބުވި މެންބަރުންގެ މެދުގައި ނަގާ ހާމަ ވޯޓަކުން 72 ގަޑިއިރު ތެރޭގައި އިންތިހާބު ކުރަންޖެހޭ ނަގާމުތައް ކަނޑައެޅުމުގެ މަރުހަލާ ކުރިއަށް ގެންދާނީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރުމަށްފަހު އެ ޕާޓީން ކަނޑައަޅާ އިންތިޒާމެއްގެ ތެރެއިން ކަމަށެވެ.
Comment