about 4 hours 0
މުހައްމަދު ޝަހްޒާން
އެންޓި ކޮރަޕްޝަން ކޮމިޝަނުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: އެންޓި ކޮރަޕްޝަން ކޮމިޝަން
about 4 hours 0
ވަކި ކުރުމުގެ މަސައްކަތް މަޖިލީހުގައި ކުރިއަށް ދަނިިކޮށް އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ނައިބު ރައީސް އަބްދުއްސަލާމް އާއި އެ ކޮމިޝަނުގެ މެންބަރު ތޯހާ މުހައްމަދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
މަގާމުން އިސްތިއުފާދެއްވިކަން އެ ދެ ބޭފުޅުން ވެސް "އަދަދު" އަށް ކަށަވަރު ކޮށްދެއްވި އެވެ.
އިސްތިއުފާ ދެއްވައި ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ތޯހާ ފޮނުއްވާފައި އޮތް ސިޓީގައި ވަނީ އޭނާގެ މައްޗަށް މަޖިލިސް ކޮމިޓީ ރިޕޯޓުގައި ކޮށްފައިވާ ހުރިހާ ތުހުމަތުތަކެއް ދޮގު ކޮށްފަ އެވެ.
އޭނާގެ ސިޓީގައި ލިޔުއްވާފައި ވަނީ އެއީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށާއި އެ ތުހުމަތުތަކަށް ބުރަވެ މަގާމުން ވަކި ކުރުމުގެ މަސައްކަތް މަޖިލީހުން ކުރުމަކީ ގާނޫނުން އެނާއާ މަތިކޮށްފައިވާ ޒިންމާތައް އަދާ ކުރުމަށް ހުރަސް އެޅުން ކަމަށެވެ.
"އަޅުގަނޑު ކޮމިޝަނުގެ ގާނޫނާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށް ބުނެ އަޅުގަނޑުގެ މައްޗަށް އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްކޮށް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އަޅުގަނޑުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ބަލަމުން ދިޔުމަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނުން އަޅުގަނޑާ މަތިކޮށްފައިވާ ޒިންމާތައް މިނިވަންކަމާއި ނަޒާހާތްތެރިކަމާ އެކު އަދާ ކުރުމަށް ހުރަސް އެޅޭފަދަ އަމަލެއްކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭ،" އިސްތިއުފާ ދެއްވާ ސަބަބެއްގެ ގޮތުގައި ތޯހާ ވިދާޅުވެފައިވެ އެވެ.
އެ ދެ ބޭފުޅުން އިސްތިއުފާ ދެއްވާފައި މިވަނީ އޭސީސީގައި އެ ދެ ބޭފުޅުން ފުރުއްވަމުން ގެންދެވި މަގާމުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށް ވޯޓާ ހަމައަށް ގޮސްފައި އޮއްވަ އެވެ.
އެ ދެ ބޭފުޅުން ވަކި ކުރުމުގެ މައްސަލަ ދިރާސާކޮށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ތައްޔާރު ކުރި ރިޕޯޓުގައި ވަނީ ގިނަ ތުހުމަތުތަކެއް އެ ބޭފުޅުންނަށް ކޮށްފަ އެވެ.
އެގޮތުން ބިިންވެރިޔާ ސްކީމުގެ މައްސަލަ ތަހުގީގު ކުރުން ލަސް ކުރުމާއި އެހެން ލޯފާމެއްގައި މަސައްކަތް ކުރުން ފަދަ ގާނޫނާ ހިލާފު ކަންކަން ހިމެނެ އެވެ.
އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް އާއި މެންބަރު ތޯހާ ވަކިކުރަން ހުށަހެޅީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނުގެ 17 ވަނަ މާއްދާގެ ހ. އަދި ށ. އާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ލިބިފައިވާ ދެ މައްސަލައަކާ ގުޅިގެންނެވެ.
އޭސީސީއަށް ތޯހާ އަދި އަބްދުއްސަލާމް އައްޔަނުކުރީ މާޗު 17، 2022، ގަ އެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މިނިވަން މުއައްސަސާއެއްގެ މެންބަރުންތަކެއް ވަކިކުރަން މަޖިލީހުން މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment