Advertisement

ބޮޓްސްވާނާ މުބާރާތުން ރިވައިވަލް އިން ރާއްޖެ އަށް ފަސް މެޑަލް ހޯދައިދީފި

about 5 hours 0


ބޮޓްސްވާނާ މުބާރާތުން ރިވައިވަލް އިން ރާއްޖެ އަށް ފަސް މެޑަލް ހޯދައިދީފި

about 5 hours 0

ބޮޓްސްވާނާ އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ރާއްޖޭން ވާދަކުރި ރިވައިވަލް ސްޕޯޓްސް އިން ފަސް މެޑަލް ހޯދައިފި އެވެ.

އަންހެން ސިންގަލްސް އިން ނަބާގެ ރަން މެޑަލާއި އައިމިނަތު ނަބީހާ (ނަބީ)ގެ ރިހި މެޑަލްގެ އިތުރުން، މިކްސް ޑަބަލްސް އިން ޒަޔާން އާއި ނަބާގެ ރިހި މެޑަލާއި ފިރިހެން ޑަބަލްސް އިން ޒަޔާން ޒަކީ އާއި ނިބާލް އަހުމަދުގެ ޕެއާގެ ލޯ މެޑަލްގެ އިތުރުުން އަންހެން ޑަބަލްސްގައި ފާތިމަތު ނަބާހާ (ނަބާ) އާއި އައިމިނަތު ނަބީހާ (ނަބީ)ގެ ޕެއާ އިން ހޯދި ލޯ މެޑަލް އެވެ.


އެ ގޮތުން، މިކްސް ޑަބަލްސް ބައިން، ނަބާ އާއި ޒަޔާންގެ ޕެއާ ހޯދި މެޑަލް އަކީ، ބެޑްމިންޓަން ދުނިޔޭގެ ޖަމިއްޔާ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލުއެފް) އިން ރުހުންދީފައިވާ މުބާރާތްތަކުގައި، ޒަޔާން އާއި ނަބާގެ ޕެއާ އިން ހޯދި ފަސް ވަނަ މެޑަލް އެވެ. މީގެ ކުރިން ވަނީ 2017 ވަނަ އަހަރުގެ މޮރިޝަސް މުބާރާތުން ލޯ މެޑަލް އާއި 2018 ވަނަ އަހަރުގެ ޔޫގާންޑާ މުބާރާތުން ލޯ މެޑަލާއި 2019 ވަނަ އަހަރު ޕާކިސްތާން މުބާރާތުން ރަން މެޑަލްގެ އިތުރުން ދާދި ފަހުން ނިމުނު، ޒެމްބިއާ މުބާރާތުން ލޯ މެޑަލް ހޯދައިފަ އެވެ.

މިއަދު ކުޅުނު ބޮޓްސްވާނާ މުބާރާތުގެ މިކްސް ޑަބަލްސް ފައިނަލުގައި ޒަޔާން އާއި ނަބާގެ ޕެއާ އިން ނުކުތީ އަޒަރުބައިޖާންގެ އާގިލް ގަބިލޯވް އާއި އީރާ މަފްތުހާގެ ޕެއާއާ ދެކޮޅަށެެވެ. މި މެޗުން އާގިލް އާއި އީރާގެ ޕެއާ މޮޅުވީ، 23-21 އާއި 21-18 އިންނެވެ.

ޒެމްބިއާ މުބާރާތާއި ބޮޓްސްވާނާ މުބާރާތުން ޖުމްލަ އެކު، ރިވައިވަލް އިން ވަނީ އަށް މެޑަލް ހޯދައިފަ އެވެ. ބޮޓްސްވާނާ މުބާރާތުން އަންހެން ޑަބަލްސް އިން ނަބާ އާއި ނަބީގެ ޕެއާ އިން ރަން މެޑަލް ހޯދިއިރު، މިކްސް ޑަބަލްސް އިން ޒަޔާން އާއި ނަބާގެ ޕެއާ އިން ލޯ މެޑަލް އަދި އަންހެން ސިންގަލްސް އިން ނަބާ ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.