Advertisement

އޮސްޓްރޭލިއަން އޯޕަންގައި ޖޮކޮވިޗްގެ ކޯޗަކަށް މަރީ

24 ނޮވެންބަރު 2024 - 10:01 0


އޮސްޓްރޭލިއަން އޯޕަންގައި ޖޮކޮވިޗްގެ ކޯޗަކަށް މަރީ

24 ނޮވެންބަރު 2024 - 10:01 0

ބެލްގްރޭޑް، ސާބިއާ (ނޮވެމްބަރު 24) - އަންނަ އަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގައި ނޮވަކް ޖޮކޮވިޗްގެ ކޯޗަކަށް ދާދި ފަހުން ރިޓަޔާކުރި އޭނާގެ ވާދަވެރި އިނގިރޭސި ޓެނިސް ކުޅުންތެރިޔާ، އެންޑީ މަރީ ހަމަޖައްސައިފި އެވެ.

ތިން ގްރޭންޑް ސްލޭމް ކާމިޔާބުކުރި، މަރީ، 19 އަހަރުވީ ޕްރޮފެޝަނަލް ޓެނިސް ކެރިއަރު ނިމުމަަކަށް ގެނައީ މިދިިޔަ އޮގަސްޓް މަހުގަ އެވެ.

މަރީ ވަނީ ޖޮކޮވިޗާ އެކު ޕްރޮފެޝަނަލް ޓެނިހުގައި ކޮންމެ ވެސް މަސައްކަތެއް ކުރުމުގެ ޝައުގުވެރިކަން އަބަދުވެސް ހުރި ކަމަށެވެ. އެ ގޮތުން، އެ ފަދަ ފުރުސަތެއްގެ ވާހަކަ ދެކެވިފައި އޮއްވައި، އަންނަ އަހަރުގެ ޖެނުއަރީ 12-26 އަށް ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަންގަ އެވެ. މިއީ، ރިޓަޔާކުރުމަށް ފަހު، މަރީގެ ފުރަތަމަ ކޯޗިން ތަޖުރިބާ އެވެ.

ޖޮކޮވިޗް، 10 ފަހަރު އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކުރިއިރު، ހަތަރު ފަހަރު ފައިނަލުގައި މަރީ އަތުން މޮޅުވި އެވެ. ޖޮކޮވިޗް ބުނީ، މަރީ އެއްވެސް އިރެއްގައި ޓެނިހާ ދުރުގައި ހުންނަން ބޭނުންނުވާ ކަމަށާއި އަބަދުވެސް މަރީ އަށް އޮންނަ އިހުތިރާމެއްގެ ސަބަބުން އޭނާއާ އެކު މަސައްކަތް ކުރަން ކޯޗެއްގެ ގޮތުގައި ގެނައީ ކަމަށެވެ.

މިދިޔަ ސީޒަނަކީ ޖޮކޮވިޗަށް ޓެނިހުގެ ގްރޭންޑް ސްލޭމް މުބާރާތްތަކަށް ބަލާނަމަ އެންމެ ރަނގަޅު އަހަރެއް ނޫނެވެ. އެ ގޮތުން، 2017 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ޖޮކޮވިޗް ވަނީ ގްރޭންޑް ސްލޭމެއް ނުލިބި އަހަރު ނިންމާލަން ޖެހިފަ އެވެ. އޮސްޓްރޭލިއަން އޯޕަން ސެމީގައި ބަލިވީ ދުނިޔޭގެ އެއް ވަނަ އިޓަލީގެ ޖަނިކް ސިނާ އަތުންނެވެ. އަދި ވިމްބަލްޑަން ފައިނަލުގައި ސްޕެއިނުގެ ކާލޯސް އަލްކަރާޒް އަތުން ބަލިވި ނަމަވެސް، އޮލިމްޕިކްސްގެ ޓެނިސް އިވެންޓް ފައިނަލުގައި، އަލްކަރާޒް ބަލިކޮށް ޖޮކޮވިޗް ވަނީ އޭނާ އަށް ހާސިލްނުކުރެވި އޮތް އޮލިމްޕިކްގެ ރަން މެޑަލް ހޯދައިފަ އެވެ.