about 6 hours 0
about 6 hours 0
ބޮޓްސްވާނާ އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ މިކްސް ޑަބަލްސްގެ ފައިނަލުން ރާއްޖޭގެ ރިވައިވަލް ސްޕޯޓްސް ކްލަބްގެ ޒަޔާން ޒަކީ އާއި ފާތިމަތު ނަބާހާ (ނަބާ)ގެ ޕެއާ އިން ޖާގަ ހޯދައިފި އެވެ.
މިއީ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރުހުންދީފައިވާ މުބާރާތެއްގެ ފައިނަލުގައި ނަބާ އާއި ޒަޔާންގެ ޕެއާ އިން ކުޅޭ ދެ ވަނަ ފަހަރެވެ. މީގެ ކުރިން، 2019 ވަނަ އަހަރު ޕާކިސްތާންގެ މުބާާރާތުގެ ފައިނަލުގައި ކުޅެ ވަނީ ރަން މެޑަލް ހޯދައިފަ އެވެ. އެއީ، މިހާތަނަށް ރާއްޖޭން ބީޑަބްލިއުއެފް މުބާރާތެއްގައި ހޯދި ތިން ރަން މެޑަލްގެ ތެރެއިން އެއް ރަން މެޑަލް އެވެ.
ބޮޓްސްވާނާ މުބާރާތުގެ ސެމީ ފައިނަަލުގައި ނަބާ އާއި ޒަޔާންގެ ޕެއާ އިން އަޒަރުބައިޖާންގެ ޖާހިދު އަލްހަސަނޯފް އާއި ހާޖަރުގެ ޕެއާއާ ބަލިކުރީ 21-13، 21-18 އިންނެވެ. ފައިނަލުގައި މާދަމާ ޒަޔާން އާއި ނަބާގެ ޕެއާ އިން ކުޅޭނީ، އަޒަރުބައިޖާންގެ އާގިލް ގަބިލޯވް އާއި އީރާ މަފްތުހާގެ ޕެއާއާ އެވެ.
ޒަޔާން އާއި ނަބާގެ ޕެއާ އިން ވަނީ ދާދި ފަހުން، ޒެމްބިއާ މުބާރާތުގައި ވާދަކޮށް، ސެމީ ފައިނަލުން ފުރުސަތު ހޯދައި، ލޯ މެޑަލް ހާސިލްކޮށްފަ އެވެ.
ބޮޓްސްވާނާ މުބާރާތުގެ ދެ ފައިނަލެއްގައި ރާއްޖޭގެ ކުޅުންތެރިން ވާދަކުރާނެ އެވެ. އަންހެން ސިންގަލްސް ފައިނަލުގައި ރާއްޖޭގެ ދެބެން ކަމަށްވާ، ނަބާ އާއި އައިމިނަތު ނަބީހާ (ނަބީ)ގެ ކުރިމަތިލުމެއް ފެނިގެންދާނެ އެވެ. މިއީ، ބީޑަބްލިއުއެފް މުބާރާތެއްގެ ސިންގަލްސް ފައިނަލުގައި ރާއްޖޭން ކުޅޭ ފުރަތަމަ ފަހަރެވެ.
ފިރިހެން ޑަބަލްސްގެ ސެމީ ފައިނަލުގައި ވާދަކޮށް ރާއްޖޭގެ ނިބާލް އާއި ޒަޔާންގެ ޕެއާ ބަލިވީ އަޒަރުބައިޖާންގެ އާގިލް ގަބީލޯވް އާއި ޑިކީ ޑްވީ ޕަންގެސްޓޫގެ ޕެއާ އަތުންނެވެ. ސެޓުތައް ދިޔައީ، 21-16، 21-08 އިންނެވެ. އަދި އަންހެން ޑަބަލްސް ސެމީ ފައިނަލުގައި ނަބާ އާއި ނަބީގެ ޕެއާ ވަނީ ސްރީ ލަންކާގެ ހަސީނީ އަމްބަލަންގޮޑަގޭ އާއި ހަސާރާ ވިޖަރަޔަތުނޭގެ ޕެއާއާ އެވެ. ހަސިނީ އާއި ހަސާރާގެ ޕެއާ ވަނީ ޒެމްބިއާ މުބާރާތުގެ ފައިނަލުން ނަބާ އާއި ނަބީ އަތުން ބަލިވެފަ އެވެ. އެކަމަކު، ބޮޓްސްވާނާ މުބާރާތުގެ ސެމީން ހަސިނީ އާއި ހަސާރާގެ ޕެއާ މިރޭ މޮޅުވީ، 21-14، 21-18 އިން ސެޓުތައް ގެންގޮސްގެންނެވެ.
Comment