Advertisement

މެސީގެ އާޖެންޓީނާ އިން މެޗެއް ކުޅެން އިންޑިއާގެ ކެރަލާ އަށް

about 4 hours 0


މެސީގެ އާޖެންޓީނާ އިން މެޗެއް ކުޅެން އިންޑިއާގެ ކެރަލާ އަށް

about 4 hours 0

ކެރަލާ، އިންޑިއާ (ނޮވެމްބަރު 23) - އަންނަ އަހަރު އާޖެންޓީނާ އިން ލިއޮނަލް މެސީ ހިމެނޭ ގޮތަށް އިންޑިއާގެ ކެރަަލާގައި މެޗެއް ކުޅެން ހަމަޖެހިފައިވާ ކަމަށް ކެރަލާގެ ސްޓޭޓް ސްޕޯޓްސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ކެރަލާގެ ސްޕޯޓްސް މިނިސްޓަރު، ވީ އަބްދުއްރަހުމާން ވިދާޅުވީ، މެސީ ހިމެނޭ ގޮތަށް އާޖެންޓީނާ އިން އަންނަ އަަހަރު ކެރަލާގައި މެޗެއް ކުޅޭ ގޮތަށް އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނާ އެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހު، އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނާ އެކު، ވީ އަބްދުއްރަހްމާން އާއި ކެރަލާގެ ޗީފް މިނިސްޓަރު، ޕިނަޔާރީ ވިޖަޔަން ބައްދަލުވުން ކުރިއަށްގެންދިޔައީ، މިދިޔަ ސެޕްޓެމްބަރު މަހު މެޑްރިޑްގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އަބްދުއްރަހުމާން ވިދާޅުވީ، ދުނިޔޭގެ އެއް ވަނަ ފުޓްބޯޅަ ކުޅުންތެރިޔާ، މެސީ ހިމެނޭހެން ކެރަލާގައި މެޗެއް ކުޅެން އާޖެންޓީނާ އިން އަންނައިރު، މި މެޗުގެ ހުރިހާ ކަމެއް ބަލަހައްޓާނީ ސްޓޭޓް ސަރުކާރުން ކަމަށެވެ. އަދި މި މެޗާ ގުޅޭ މުހިންމު ކަންތައްތަކެއް މަޝްވަރާ ކުރުމަށް ކުރިއަށް އޮތް ދޮޅު މަހެއްހާ ދުވަސްތެރޭ އާޖެންޓީނާ ފުޓްބޯޅަ ފެޑެރޭޝަނުން ކެރަލާ އަށް ޒިޔާރަތްކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ފީފާ އިންޓަނޭޝަނަލް ބްރޭކެއްގައި އިންޑިއާ ގައުމީ ޓީމާ ދެކޮޅަށް އާޖެންޓީނާ އިން ކުޅޭ މި މެޗު ކޯޗީގައި ކުޅުމުގެ ފުރުސަތު ބޮޑެވެ. އެކަމަކު، އަބްދުއްރަހުމާން ވިދާޅުވީ، ކުޅޭނެ ތާރީހަކާއި ސްޓޭޑިއަމެއް ކަނޑައަޅާނީ ދެން އޮންނަ ބައްދަލުވުމެއްގަ އެެވެ.

މެސީ ވަނީ 2011 ވަަނަ އަހަރު އިންޑިއާގައި މެޗެއް ކުޅެފަ އެވެ. އެއީ، ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި ވެނެޒުއޭލާއާ ދެކޮޅަށް ކުޅެ 1-0 އިން މޮޅުވި އެކުވެރިކަމުގެ މެޗުގަ އެވެ.