Advertisement

ޒަޔާން ބޮޓްސްވާނާ އިންޓަނޭޝަނަލްގެ ދެ ވަނަ ބުރަށް

about 5 hours 0


ޒަޔާން ބޮޓްސްވާނާ އިންޓަނޭޝަނަލްގެ ދެ ވަނަ ބުރަށް

about 5 hours 0

މިއަދު ފެށި ބޮޓްސްވާނާ އިންޓަނޭޝަނަލް މުބާރާތުގެ ފިރިހެން ސިންގަލްސް ފުރަތަމަ ބުރުގެ މެޗުން މޮޅުވެ، ރިވައިވަލް ސްޕޯޓްސް ކްލަބްގެ ޒަޔާން ޒަކީ ދެ ވަނަ ބުރަށް ދަތުރުކޮށްފި އެވެ.

ދާދި ފަހުން ރިވައިވަލް އިން ވަނީ ޒެމްބިއާ އިންޓަނޭޝަނަލް މުބާރާތުގައި ވާދަކޮށް ތިން އިވެންޓަކުން މެޑަލް ހޯދައިފަ އެވެ. ބޮޓްސްވާނާ އިންޓަނޭޝަނަލްގައި ވެސް މެޑަލް ޓާގެޓްތަކާ އެކު ކުރިމަތިލި ރިވައިވަލް އަށް މި މުބާރާތުގައި ވެސް ފެންނަނީ ފުރުސަތު ބޮޑުކޮށެވެ.

އެ ގޮތުން، މިއަދު ކުރިއަށްދިޔަ ފިިރިހެން ސިންގަލްސްގައި، ޒަޔާން ވަނީ ޒިމްބާބްވޭގެ ޓްރިނިޓީ ޗިޕުމްހޯ އަތުން 21-15، 21-05 އިން މޮޅުވެފަ އެވެ. ދެ ވަނަ ބުރުގައި މާދަމާ ޒަޔާން ބައްދަލުކުރަންް ޖެހޭނީ އަޒަރުބައިޖާންގެ އާގިލް ގަބީލޯވްއާ އެވެ.

ފިރިހެން ސިންގަލްސްގައި މާދަމާ ކުޅޭ ދެ ވަނަ ބުރުގެ މެޗެއްގައި ރިވައިވަލްގެ ނިބާލް އަހުމަދު ބައްދަލުކުރާނީ ބޮޓްސްވާނާގެ ޓުމެލޯ މޮއިލްވާއާ ދެކޮޅަށެެވެ.

މާދަމާ ދެން ކުޅޭނެ މެޗުތަކަކީ، އަންހެން ސިންގަލްސްގައި އައިމިނަތު ނަބީހާ (ނަބީ) އާއި ޒެމްބިއާގެ ޓުކުޒާ އެމްބޭވޭއާ ކުޅޭ މެޗާއި ފިރިހެން ޑަބަލްސްގައި ޒަޔާން އާއި ނިބާލްގެ ޕެއާ އިން ޔޫގަންޑާގެ ފްރެޑް ކިރާބޯ އާއި އިވާން މަޔޭގާގެ ޕެއާ ކުޅޭ މެޗުގެ އިތުރުން، މިކްސް ޑަބަލްސްގައި ނަބީހާ އާއި ނިބާލްގެ ޕެއާ އިން ޒެމްބިއާގެ ޕީޓާ ޕޯހޯ އާއި ޓުކުޒާގެ ޕެއާއާ ކުޅޭ މެޗެވެ.

އަންހެން ސިންގަލްސްގައި ނަބާހާ ކުޅޭނީ ޒެމްބިއާގެ ސިއަމޫޕަންގިލާއާ ދެކޮޅަށެވެ.