Advertisement

ގޯލްޑް ކަޕް: މީދޫ އަށް ފަރެސްމާތޮޑާ އަތުން ބޮޑު މޮޅެއް

about 9 hours 0

ފަރެސްމާތޮޑާގެ ކީޕަރު ކައިރިން މީދޫ ޓީމުގެ މުޒްދާން ބޯޅަ ހިފައިގެން ދަނީ.


ގޯލްޑް ކަޕް: މީދޫ އަށް ފަރެސްމާތޮޑާ އަތުން ބޮޑު މޮޅެއް

about 9 hours 0

ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން ދ. މީދޫ އިން 4-1 އިން ގދ. ފަރެސްމާތޮޑާ އަތުން ބޮޑު މޮޅެއް ހޯދައިފި އެވެ.

މިއީ ގްރޫޕް އޭގެ ދެ ވަނަ މެޗެވެ. ގްރޫޕް އޭގެ ފުރަތަމަ މެޗުން ޏ. ފުވައްމުލަކު ސިޓީން ވަނީ ރޭ 3-1 އިން ދ. ކުޑަހުވަދޫ ބަލިކޮށްފަ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި، ފަރެސްމާތޮޑާ އަތުން މީދޫ މޮޅުކޮށްދިނުމުގައި ތަފާތު ދެއްކީ މީދޫ ޓީމަށް މޮޅު ކުޅުމެއް ދެއްކި، މުޒްދާން ހަަސަން އާއި އިބްރާހިމް އިމްރާން (އިންމި) އެވެ. މެޗުގައި، މީދޫން ލީޑުނެގީ ފުރަތަަަމަ ހާފުގައި އިންމި ޖެހި ގޯލުންނެވެ. އިންމި އަކީ ކުރިން 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުމުގެ އިތުރުން ފުރަތަމަ ޑިވިޝަނުގައި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެފައިވާ ކުޅުންތެރިއެކެވެ.

އިންމި ދިން ބޯޅައަކުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މީދޫގެ ލީޑުފުޅާކުރީ 20 އަހަރުން ދަށުގެ ގައުމީ ޓީމަށް މޮޅު ކުޅުމެއް ދެއްކުމުގެ އިތުރުން އެންމެ ފަހުން ނެގި ސީނިއާ ގައުމީ ޓީމުގައި ވެސް ހިމެނުނު މުޒްދާން އެވެ.

ދެ ވަނަ ހާފުގައި މުޒްދާނަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ އަކުން އިންމި ވަނީ މީދޫގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. މީދޫގެ ފަހު ގޯލު ޖެހީ، ހަންމާމު ރަޝާދު އެވެ.

މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭނުންނުކުރެވުނު ފަރެސްމާތޮޑާ އިން ވަނީ ލަނޑެއް ޖަހައިފަ އެވެ. އެ ޓީމުގެ ހަމައެކަނި ގޯލު ޖަހާފައިވަނީ، ޝައިސުﷲ އަޝްރަފް އެވެ.

މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ތ. ތިމަރަފުށިން ބައްދަލުކުރާނީ މާލެ ސިޓީއާ އެެވެ.