Advertisement

ގޯލްޑް ކަޕް: ކުޑަހުވަދޫ ބަލިކޮށް ފުރަތަމަ މޮޅު ފުވައްމުލަކަށް

about 10 hours 0

ފުވައްމުލަކު ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.


ގޯލްޑް ކަޕް: ކުޑަހުވަދޫ ބަލިކޮށް ފުރަތަމަ މޮޅު ފުވައްމުލަކަށް

about 10 hours 0

ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅުނު މެޗުން ދ. ކުޑަހުވަދޫގެ މައްޗަށް ޏ. ފުވައްމުލަކު ސިޓީން 3-1 އިން ކުރިހޯދައިފި އެވެ.

ސަތާރަ ޓީމުގެ މެދުގައި ކުރިއަށްދާ ގޯލްޑް ކަޕްގެ ފުރަތަމަ މެޗު ޝަރަފްވެރިކޮށްދެއްވީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އާއި ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު، އިބްރާހިމް އާމިރު (ސަލްސާ އާމިރު) އެވެ. އަދި އަރިހުގައި ގޯލްޑް ކަޕްގެ އިސް ހިންގުންތެރިޔާ، ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބައިވެރިވި އެވެ.

ގަލޮޅު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި، ފުވައްމުލަކު ޓީމަށް ލީޑުނަގައިދިނީ ކުރިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ދެ ވަނަ ޑިވިޝަނުގައި ކުޅެދިން ކޯފީ އޮވޫސޫ އެވެ. އަހުމަދު މުއާދުގެ ގޯލުން ދެ ވަނަ ހާފުގައި ކުޑަހުވަދޫން އެއްވަރުކުރި އެވެ.

އެކަމަކު، ކުޑަހުވަދޫ އަށް މައްސަލަ ދިމާވީ، މެޗުގެ ފަހު ކޮޅުގައި، އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމުންނެވެ. އޭގެ ފަހުން، ކުޑަހުވަދޫގެ ދެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި، ފުވައްމުލަކުން ދެ ލަނޑު ޖަހައި، މުބާރާތުގެ ފުރަތަމަ މޮޅު ހޯދި އެވެ.


ކޯޗު ސޮބާހު މުހައްމަދު (ސޮބާ)ގެ އިރުޝާދުގެ ދަށުން ކުޅޭ ފުވައްމުލަކު މޮޅުވި ލަނޑުތައް ޖެހީ، ކްލަބް އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަދި ގައުމީ ޓީމަށް ވެސް ކުރިން ކުޅުނު، އަލީ ޝަމާލް އަބްދުﷲ (ޝަންމު) އާއި ޔުނައިޓެޑް ވިކްޓަރީ އާއި ކްލަބް ގްރީން ސްޓްރީޓްސް އާއި ޒުވާން ގައުމީ ޓީމަށް ކުޅުނު މޫސާ އަޒީމް ހަސަން އެވެ.

މި ގްރޫޕްގެ ދެ ވަނަ މެޗުގައި މާދަމާ ހަވީރު، ގދ. ފަރެސްމާތޮޑާ އާއި ދ. މީދޫ ބައްދަލުކުރާނެ އެވެ.

ގްރޫޕް ސްޓޭޖަށް ބަލާއިރު، ގްރޫޕް އޭގައި ހިމެނެނީ، ފުވައްމުލައް ސިޓީ، ދ. ކުޑަހުވަދޫ، ގދ. ފަރެސްމާތޮޑާ، ދ. މީދޫ އަދި ހއ. ދިއްދޫ އެވެ. ގްރޫޕް ބީގައި ހިމެނެނީ މާލެ ސިޓީ، ބ. އޭދަފުށި، ތ. ތިމަރަފުށި އަދި ބ. ތުޅާދޫ އެވެ. ގްރޫޕް ސީގައި ހިމެނެނީ، އައްޑޫ ސިޓީ، ޅ. ކުރެންދޫ، ކ. ހުރާ، އަދި ކ. ގުރައިދޫ އެވެ. ގްރޫޕް ތިނެއްގައި ހިމެނެނީ، ޅ. ކުރެންދޫ، ކ. މާފުށި، ބ. ކެންދޫ އަދި ރ. އަލިފުށި އެވެ.