Advertisement

ރައީސް މުއިއްޒުއަކީ ހުދުމުހުތާރު ވެރިކަން ގަބޫލު ކުރައްވާ ވެރިއެއްކަން ސާފުވެއްޖެ: ފައްޔާޒް

19 ނޮވެންބަރު 2024 - 21:50 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: ރައީސް މުއިއްޒުއަކީ ހުދުމުހުތާރު ވެރިކަން ގަބޫލު ކުރައްވާ ވެރިއެއްކަން ސާފުވެއްޖެ ކަމަށް ވިދާޅުވި -- ފޮޓޯ؛ އަދަދު


ރައީސް މުއިއްޒުއަކީ ހުދުމުހުތާރު ވެރިކަން ގަބޫލު ކުރައްވާ ވެރިއެއްކަން ސާފުވެއްޖެ: ފައްޔާޒް

19 ނޮވެންބަރު 2024 - 21:50 0

ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ހުދުމުހުތާރު ވެރިކަން ގަބޫލު ކުރައްވާ ވެރިއެއްކަން މިހާރު ވަރަށް ބޮޑަށް ސާފުވެއްޖެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މި ނޫހުގެ "އެތެރެފުށް" ޕްރޮގްރާމުގައި ފައްޔާޒް ވިދާޅުވީ ރައީސް މުއިއްޒު ޑިމޮކްރަސީގެ ނަން ބޭނުން ކުރައްވައިގެން ވެރިކަމަށް އައިސް އެއާ މުޅިން އިދިކޮޅަށް އަމަލު ކުރައްވަމުން ގެންދަވާތަން ފެންނަމުންދާ ކަމަށެވެ.

"އަނެއްހެން ދަންނަވަންޏާމުން ކަންބަޅި ބަކައްޓެއްގެ ސިފައިގައި ވުލްފެއް އައިމަ ވާނެ ގޮތް މި ވަނީ އެނގޭތޯ. ޑިމޮކްރަސީގެ ބޭނުން ކުރައްވައިގެން، ބެލޮޓް ބޮކްސް ބޭނުން ކޮށްގެން ރައްޔިތުން ލައްވައި ވޯޓު އަޅުވައިގެން އައިސް ޑިމޮކްރަސީއާ މުޅިން ދުރު، ޑިމޮކްރަސީ ގަބޫލު ނުކުރާ ހުދުމުހުތާރު ވެރިކަމެއް ހަމަ ހިތުގެ އަޑިން ގަބޫލު ކުރައްވާ ބޭފުޅެއްކަން ވަރަށް ސާފުވެއްޖެ ކަންކަން ކުރައްވާ ގޮތުން،" ފައްޔާޒް ވިދާޅުވި އެވެ.

މިނިވަން މުއައްސަސާއެއް ގޮތަށް އޮތް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ސިޔާސަތުތަކަށް ރައީސް މުއިއްޒުއަށް ފާޑުވިދާޅުނުވެވޭނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

ރާއްޖޭގައި އޮތީ ޑިމޮކްރަސީ ހިފަހައްޓަން އޮތް ގާނޫނުއަސާސީއެއް ކަމަށާއި ނަމަވެސް ރައީސް މުއިއްޒުގެ ވާހަކަތަކުން އެމަނިކުފާނު ބޭނުން ގޮތަކަށް ބޭނުން ކަމެއް ކުރާނެކަން މިހާރު ސާފުވެއްޖެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

"އެމްއެމްއޭގެ ގަވަރުނަރު ޓީވީން ފެނޭ އެތާ އިންނަވާތަން. އެހެންނަމަވެސް އެމްއެމްއޭގެ ގަވަރުނަރުގެ ރޯލު އަދާކުރެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ. އެއީ ވަކި ދެ މުއައްސަސާއެއް. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވަމުން ދިޔައީ އަނެއްހެން ބާޒާރު ބަހުން ބަލަ ނުކުރާނަމޭ މި ގަވާއިދެއް ބަދަލެއް ނުކުރާނަމޭ،" ފައްޔާޒް ވިދާޅުވި އެވެ.

"ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެގޮތަށް އެ ބަސްތައް ބޭނުން ކުރެއްވި ގޮތާއި، އެހެރަ ރުޅިވެރިކަމަކާ އެއްކޮށް އެނގޭ ހިތުގެ އަޑިން ގަބޫލު ކުރެވޭކަން ތިމަންނަ ބޭނުން ގޮތެއްކަން އޮންނަން ޖެހޭނީ. އެކަމަކު ގަނޫނާއި ގާނޫނު އަސާސީގައި އެއޮތީ ވަރަށް ސާފުކޮށް އެއޮތީ އެމްއެމްއޭގެ މައްޗަކަށް ސަރުކާރަށް ބަހެއް ނުބުނޭވެނެކަން."