Advertisement

ނުރަސްމީ ދަތުރެއްގައި ރައީސް މުއިއްޒު އިނގިރޭސިވިލާތަށް ފުރާވަޑައިގަންނަވަނީ

19 ނޮވެންބަރު 2024 - 14:24 1

އަހުމަދު އާއިދު

އ

Advertisement

ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރަން ބޭއްވި ޖަލްސާގެ ތެރޭއިން ރައީސް މުއިއްޒު : އެމަނިކުފާނު އަމިއްލަ ދަތުރެއްގައި މާދަމާ އިނގިރޭސިވިލާތަށް ފުރާވަޑައިގަންނަވަން ވަނީ ހަމަޖެހިފަ ---- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ނުރަސްމީ ދަތުރެއްގައި ރައީސް މުއިއްޒު އިނގިރޭސިވިލާތަށް ފުރާވަޑައިގަންނަވަނީ

19 ނޮވެންބަރު 2024 - 14:24 1

Advertisement

Advertisement

ނުރަސްމީ ދަތުރެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ރައީސް މުއިއްޒު މާދަމާ ރޭ އިނގިރޭސިވިލާތަށް ފުރާވަޑައިގަންނަވާނެ ކަން އެމަނިކުފާނު ވަނީ މިއަދު ވެރިކަން ހިންގާ ޕީއެންސީގެ މެންބަރުންނަށް އަންގަވައިފަ އެވެ. އެކަން އެންގެވީ މެންބަރުން އަދި ބައެެއް މިނިސްޓަރުންނާއެކު މުލިއާގޭގައި އެމަނިކުފާނު މިއަދު މެންދުރު ފަހު ބޭއްވި ބައްދަލުވުމެއްގަ އެވެ.

Advertisement

ރައީސް އިނގިރޭސިވިލާތަށް ފުރާވަޑައިގަންނަވާނެކަން އެ ބައްދަލުވުމުގައި ބައިވެރިވި މީހަކު ވަނީ "އަދަދު" އަށް ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު އާ ސުވާލުކުރުމުން ވިދާޅުވީ ރައީސް އިނގިރޭސިވިލާތަށް ފުރާވަޑައިގަންނަވާކަން އޭނާއަށް އެނގިފައިނުވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މުއިއްޒުގެ މި ދަތުރު ނިންމަވާލައްވައި އެނބުރި ވެރި ރަށް މާލެއަށް ވަޑައިގަންނަވާނީ މި ހިނގާ ނޮވެމްބަރު 29، ގަ އެވެ.

އެމަނިކުފާނު ވެރިކަަމަށް ވަޑައިގެންނެވިތާ މި ވީ އަހަރެއްހާ ދުވަސް ތެރޭގައި އެންމެ ގިނައިން އަމިއްލަ ދަތުރުތައް ކުރެއްވީ ސިންގަޕޫރަށެވެ. އެއީ ސިއްހީ ފަރުވާއަށް ކުރެއްވި ދަތުރުތަކެއް ކަމަށްވެ އެވެ.

Advertisement

0.00%

0.00%

100.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ކުދުކަލޯ

4 months ago

ބެންކުން ލިބޭނެ 500 ޑޮލަރު. އެވަރުން ނުވިއްޔާ ދެން އެމްބަސީ އިން ޚަރަދު ބަލަހައްޓާނެތާ ދޯ؟