Advertisement

ޕޯޗުގަލް ނޭޝަންސް ލީގު ކުއާޓާ އަށް، ސްޕެއިން އެއް ވަނަ ކަށަވަރުކޮށްފި

about 4 hours 0


ޕޯޗުގަލް ނޭޝަންސް ލީގު ކުއާޓާ އަށް، ސްޕެއިން އެއް ވަނަ ކަށަވަރުކޮށްފި

about 4 hours 0

ޕޯޓޯ، ޕޯޗުގަލް (ނޮވެމްބަރު 16) - ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، ޕޯޗުގަލް އިން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު، އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިނުން އެއް ވަނަ ކަށަވަރުކޮށްފި އެވެ.

އެ ގޮތުން، ލީގު އޭގެ ގްރޫޕް އެކެއްގައި ރޭ ޕޯޗުގަލް އިން 5-1 އިން ޕޮލެންޑް ބަލިކުރިއިރު، ލީގު އޭގެ ގްރޫޕް ހަަތަރެއްގައި ސްޕެއިނުން ޑެންމާކްގެ މައްޗަށް ކުރިހޯދީ 2-1 އިންނެވެ.

ރޭގެ މެޗުގައި ޕޯޗުގަލް އަށް ލަނޑުތައް ޖަހައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ ދެ ގޯލުގެ އިތުރުން، ރަފައެލް ލެއާއޯ، ބްރޫނޯ ފެނާންޑޭސް އަދި ޕެޑްރޯ ނެޓޯ އެވެ. އަދި ޕޮލެންޑްގެ ހަަމައެކަނި ގޯލު ކާމިޔާބުކުރީ ޑޮމިނިކް މާކްޒުކް އެވެ.

ރޮނާލްޑޯ، 39، މި ފަހަރުގެ ނޭޝަންސް ލީގުގައި ރަނގަޅު ފޯމެއްގައި ހުރިއިރު، އޭނާ މި ވަނީ ފަސް މެޗުން ފަސް ގޯލު ޖަހައިފަ އެެވެ.

ޕޯޗުގަލް ކުއާޓާ ފައިނަލުގެ ޖާގަ ޔަގީންކުރީ، ފަސް މެޗުން 13 ޕޮއިންޓާ އެކު އެވެ. މި ގްރޫޕްގައި ރޭ ކުޅުނު މެޗުން، ކްރޮއޭޝިއާ އަތުން 1-0 އިން ސްކޮޓްލެންޑް މޮޅުވިޔަސް، ކްރޮއޭޝިއާ އަދި އޮތީ ދެ ވަނައިގަ އެވެ. އެއީ، ފަސް މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ޕޮލެންޑާއި ފުލުގައި އޮތް ސްކޮޓްލެންޑަށް ވަނީ ފަސް މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ.

ކުއާޓާ ފައިނަލުން ޕޯޗުގަލްގެ އިތުރުން ޖާގަ ޔަގީންކުރީ ސްޕެއިނާއި ޖަރުމަނުގެ އިތުރުން، އިޓަލީ އާއި ފްރާންސް އެވެ.

ސްޕެއިނުން ވަނީ ރޭ ޑެނީ އޮޔާޒަބާލް އާއި އަޔޯޒީ ޕެރޭޒްގެ ގޯލުތަކުން ޑެންމާކް ބަލިކޮށްފަ އެވެ. މި މެޗުގައި ޑެންމާކްގެ ގުސްޓާވް އައިސަކްސަން ވަނީ ޑެންމާކަަށް ލަނޑެއް ޖަހައިދީފަ އެވެ. މި ގްރޫޕްގެ އަނެއް މެޗުގައި ސްވިޒަލެންޑާއި ސާބިއާ ވަނީ 1-1 އިން އެއްވަރުވެފަ އެެވެ.

ސްޕެއިނަށް ފަސް މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ޑެންމާކް އަށް ފަސް މެޗުން ހަތް ޕޮއިންޓް ލިބިފައިވެ އެވެ. ތިން ވަނައިގައި އޮތް ސާބިއާ އަށް ފަސް މެޗުން ފަސް ޕޮއިންޓް އޮތްއިރު، ފުލުގައި ސްވިޒަލެންޑް އޮތީ ފަސް މެޗުން ދެ ޕޮއިންޓާ އެކު އެވެ.