Advertisement

މިސް ޔުނިވާސްގައި ޝައިނާ އެޅި ދިވެހި ލިބާހާއެކު ތާރީހުގެ ތެރެއަށް

15 ނޮވެންބަރު 2024 - 13:52 3

މުހައްމަދު ޝަހްޒާން

މ

Advertisement

މިސް ޔުނިވާސް މުބާރާތުގައި ޝައިނާ މިހައިތަނަށް އެޅި ހެދުންތައް -- ފޮޓޯ: ސޯޝަލްމީޑިއާ


މިސް ޔުނިވާސްގައި ޝައިނާ އެޅި ދިވެހި ލިބާހާއެކު ތާރީހުގެ ތެރެއަށް

15 ނޮވެންބަރު 2024 - 13:52 3

Advertisement

Advertisement

މިސް ޔުނިވާސް މުބާރާތުގައި ދިވެހިލިބާހެއް ލައިގެން ރާއްޖެ ތަމްސީލުކޮށް މަރިޔަމް ޝައިނާ 21، ތާރީހުން ޖާގަ ހޯދައިފި އެވެ.

މެކްސިކޯގައި މިހާރު ކުރިއަށްދާ މިސް ޔުނިވާސް މުބާރާތުގައި ރޭ އޮތީ ސްވިމް ސޫޓާއި ގައުމީ ހެދުން ދައްކައިލުމުގެ މުބާރާތެވެ. 126 ގައުމެއްގެ ބައިވެރިން ބައިވެރިވި އެ މުބާރާތުގައި ޝައިނާ ދައްކައިލީ ބޯވަޅު އެޅި ރަތް ލިބާހެއްގަ އެވެ. ކަރުގައި ރަން ފައްޓަރެއް އަޅާފައި އޮތްއިރު އަނދެފައި ހުރީ ފޭއްޔެކެވެ.

Advertisement

މިސް ޔުނިވާސްގެ ސްވިމްސޫޓު މުބާރާތުގައި ޝައިނާ ބައިވެރިވީ ނޫ ކުލައިގެ ސްވިމްސޫޓަކާއެކު އެވެ.

މިއީ ދިވެއްސަކުން މިސް ޔުނިވާސް މުބާރާތުގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. އޭނާ އެ މުބާރާތުގައި ބައިވެރިވީ ސަރުކާރުން އެކަން ކުށްވެރިކޮށް އެކަން ނުކުރުމަށް އިލްތިމާސް ކޮށްފައި އޮއްވަ އެވެ.

މިސް ޔުނިވާސް މުބާރާތުގައި ބައިވެރި ނުވުމަށް ގޮވާލައި ޔޫތު މިނިސްޓަރީން ނެރުނު ބަޔާނުގައި ބުނެފައި އޮތީ ހަށިގަނޑު ހާމަކޮށްގެން ބައިވެރިވާ އެއްވެސް ކުޅިވަރަކަށް ދިވެހި ސަރުކާރުން އެއްބާރުލުން ނުދޭނެ ކަމަށެވެ.

Advertisement

މިސް ޔުނިވާސްގެ ސްވިމްސޫޓު އަދި ގައުމީ ހެދުން ދައްކާލުމުގެ މުބާރާތުން ފައިނަލަށް ދަތުރު ކުރާނެ 30 ބައިވެރިންގެ ނަން އިއުލާނު ކުރާނީ މާދަމާ އެވެ. މުބާރާތުގެ ފައިނަލް އޮންނާނީ އާދީއްތަ ދުވަހު އެވެ.

75.00%

0.00%

8.33%

16.67%

މި ލިޔުން ކިޔާލުމުން


ާިސހަ

4 months ago

ކަސަބު ބޯވަޅު*

ހޮޅިބެ

4 months ago

އެ މަންޖެ އެންމެ ފައިވާނެއް ގެންދިޔާމަ އެކަން ފާހަގަ ކުރަން :(

ބުހުތާނު6

4 months ago

ޢަސްލުވެސް.. މަވެސް އުޅުނިން މަރަވަޅިއެއް އެ މަންޖެއަށް ފޮނުވަން..