Advertisement

ވިސާއާ ނުލައި ވެރިންނަށް އަޒަރުބައިޖާނަށް ދަތުރު ކުރެވޭ ގޮތް ހަދައިފި

15 ނޮވެންބަރު 2024 - 19:50 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ދެ ގައުމުގެ ވަޒީރުން އެއްބަސްވުންތައް ބަދަލުކުރައްވަނީ: މި އެއްބަސްވުމުގެ ދަށުން އާންމުންނަކަށް ވިސާ ނުލިބޭނެ -- ފޮރިން މިނިސްޓަރީ


ވިސާއާ ނުލައި ވެރިންނަށް އަޒަރުބައިޖާނަށް ދަތުރު ކުރެވޭ ގޮތް ހަދައިފި

15 ނޮވެންބަރު 2024 - 19:50 0

ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓު އޮންނަ ދިވެހިންނަށް ވިސާއަކާ ނުލައި އަޒަރުބައިޖާނަށް ދަތުރު ކުރުމުގެ ހުއްދަ ލިބޭ އެއްބަސްވުމެއްގައި ރާއްޖެއާއެކު ސޮއިކޮށްފި އެެވެ.

ފޮރިން މިނިސްޓަރީން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ކޮޕް29 ގެ ހަވާސާގައި އަޒަރުބައިޖާނާއެކު ދެ އެއްބަސްވުމެއްގައި ސޮއިކުރި ކަމަށެވެ.

އެގޮތުން ސޮއިކުރި ފުރަތަމަ އެއްބަސްވުމުގެ ދަށުން އޮފިޝަލް އަދި ޑިޕްލޮމެޓިކް ޕާސްޕޯޓު އޮންނަ ދިވެހިންނަށް އަޒަރުބައިޖާނަށް ވިސާއަކާ ނުލައި ދަތުރުކޮށް، 90 ދުވަސް ވަންދެން އެ ގައުމުގައި ހުރެވޭނެ ކަމަށް ފޮރިން މިނިސްޓަރީން ބުންޏެވެ.

އެ ގައުމާއެކު ސޮއިކުރި ދެވަނަ އެއްބަސްވުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ދެގައުމުގެ ގުޅުން ވަރުގަދަ ކުރުމަށް ސޮއިކުރި އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގެ ދަށުން ފަތުރުވެރިކަން ކުރި އެރުވުމަށް ދެ ގައުމުން ކުރާ މަސައްކަތުގައި ވެސް އެއް ގައުމު އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ފޮރިން މިނިސްޓަރީން ބުންޏެވެ.

އެ އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަަރު ހަލީލް ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާކޮށްފަ އެވެ.

ދެ ގައުމުގެ ދެމެދުގައި ސޮއިކުރެވުނު ދެ އެއްބަސްވުމުގެ ސަބަބުން އެ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް ހަލީލް ވިދާޅުވި އެވެ.