about 11 hours 0
އަހުމަދު އާއިދު
މިދިޔަ މަހު ބޭއްވި ނޫސްވެރިކަމުގެ އިނާމު ހަފުލާގެ ތެރެއިން : "ސްކީލާން" ޑޮކިއުމެންޓަރީ އެވޯޑު ދިން މައްސަލާގައި ނޫސްވެރިކަމުގެ އިނާމަށް އިންސާފުކުރި ޖަޖުންވެސް މަޖިލީހަށް ހާޒިރުކުރަން ވަނީ ނިންމާފަ ---- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
about 11 hours 0
މިދިޔަ މަހު ބޭއްވި 11 ވަނަ ނޫސްވެރިކަމުގެ އިނާމުގައި އަދަދު ނޫހުން ތައްޔާރުކުރި "ސްކީލާން" ޑޮކިއުމެންޓަރީއަށް ލިބުނު އެވޯޑާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ބަލަމުންދާ މައްސަލާގައި ސުވާލުކުރުމަށް އެ އިނާމަށް އިންސާފުކުރި ޖަޖުންވެސް ހާޒިރުކުރަން ނިންމައިފި އެވެ.
މި މައްސަލަ ބަލަމުންދަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީންނެވެ. މި ދެ ދުވަހު އެވޯޑު އިންތިޒާމުކުރި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ހާޒިރުކޮށް އެ ކޮމިޓީން ވަނީ ސިއްރުކޮށްގެން ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފަ އެވެ.
މައްސަލައާ ގުޅިގެން އިނާމަށް އިންސާފުކުރި ފަނޑިޔާރުންގެ ޕެނަލް ހާޒިރުކުރަން ކޮމިޓީން ނިންމީ މިއަދުގެ ބައްދަލުވުމުގަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފަނޑިޔާރުން ކޮމިޓީއަށް ހާޒިރުކުރާނީ އަންނަ ހަފުތާ އެވެ.
ސިއްރުކޮށްގެން ކުރިއަށްގެންދިޔަ ބައްދަލުވުމެއް ކަމުން، ފަނޑިޔާރުން ހާޒިރުކުރަން ހުށަހެޅީ އަދި ތާއީދުކުރީ ކޮން މެންބަރެއް ކަމާއި ފާސްވީ ކިތައް ވޯޓުން ކަމެއް ޔަގީނެއް ނޫނެވެ.
މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މި އަހަރުގެ 22 ވަނަ ބައްދަލުވުމުގެ އެޖެންޑާގައި ފުރަތަމަ އޮތީ އެމްއެމްސީއާ ބައްދަލުކުރުމެވެ. ދެން އޮތީ ކޮމިޓީގައި އޮތް ބިލުތަކާ މެދު މަޝްވަރާ ކުރުމެވެ. "އަދަދު" ނޫހަށް ޔަގީން ކުރެވިފައި ގޮތުގައި މިއަދު ވެސް އެމްއެމްސީ ހާޒިރުކުރީ އިއްޔެ ވެސް ހާޒިރުކުރި މައްސަލާގަ އެވެ.
އެ ބައްދަލުވުން ސިއްރުކުރަން ހުށަހެޅި ކޮމިޓީގެ ނައިބު މުގައްރިރު, ކެލާ ދާއިރާގެ މެންބަރު އަބްދުالله ޝަރީފު އެވެ. އޭނާގެ ހުށަހެޅުމަށް ތާއީދުކުރީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން އެވެ.
"ސްކީލާން" އަށް ލިބުމާ ގުޅިގެން ހިނގައި ދިޔަ ކަންކަމަކީ "ބާރުވެރި ބައެއްގެ ނުފޫޒުތަކެއްގެ ސަބަބުން ކުރިމަތިވާ ކަންކަންކަމުގައި ބެލުމުގެ ޖާގަ އޮތް ކަމަށް" މޯލްޑިވްސް ޖާނަލިސްޓު އެސޯސީއޭޝަން (އެމްޖޭއޭ) އިންވެސް ވަނީ ބުނެފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment