14 ނޮވެންބަރު 2024 - 12:27 0
ލީވާން އަލީ ނާސިރު
14 ނޮވެންބަރު 2024 - 12:27 0
ދިރާގު ވިން އަ ސްޕިޑްބޯޓް ޕްރޮމޯޝަންގެ އަލް ޝާލީ މެރިން، މަޖެލަން 32 ބޯޓު ބަނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ދިރާގުން ބުނެފި އެވެ.
ދިރާގުން ބުނީ ރާއްޖޭގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ ބޯޓު އެފުއްދުންތެރިން ކަމުގައިވާ އަލް ޝާލީ މެރިން މޯލްޑިވްސްއިން ފަރުމާކުރަމުންދާ އެ ލޯންޗުގެ ގިނަ މަސައްކަތްތަކެއް ވަނީ ނިމިފައި ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ބޯޓު ބަނުމުގެ މަސައްކަތް ނިމޭނެކަމަށެވެ.
އަލް ޝާލީ މެރިން މޯލްޑިވްސްގެ ޖެނެރަލް މެނޭޖާ، އިސްމާއިލް ޝަރީފް ވިދާޅުވީ ދިރާގުގެ ކަސްޓަމަރުންނަށް އެފަދަ ހިތްގައިމު ސްޕީޑް ބޯޓެއް ގެނެސްދިނުމަކީ ބޮޑު އުފަލެއް ކަމަށާއި މަސައްކަތް ކުރަމުން ދަނީ އެންމެ ފެންވަރު ރަނގަޅު ބޯޓެއް ނަސީބުވެރި ފަރާތަށް ފޯރުކޮށްދިނުން ކަމަށެވެ.
"މި ހައި ސްޕީޑް ލޯންޗު ވެގެން ދާނީ އަލް ޝާލީ މެރިން މޯލްޑިވްސްއިން އަބަދު ވެސް ދިވެހިންނަށް ގެނެސްދެމުން އަންނަ އުފެއްދުންތެރިކަމުގެ ލާމަސީލު މިސާލަކަށް ވާނެ ކަމުގެ ޔަގީންކަން އަރުވަން،" ޝަރީފް ވިދާޅުވިއެވެ.
މި މަޖެލަން 32 ބޯޓުގައި އަރާމު ޑެކަކާއި، ހިތްފަސޭހަ ކެބިންއަކާއި ބޭނުންކުރެވޭ ބަދިގެއެއް ވެސް އެކުލެވިގެންވާނެ އެވެ. އަދި މިއީ ދުއްވާލަންށާއި ޕިކްނިކް ދަތުރު ދިޔުމަށް ނުވަތަ އާއިލާއާ އެކު މަސް ދަތުރު ދިޔުމަށް ވެސް ވަރަށް ފުރިހަމަ ވާނެ ބޯޓެކެވެ.
އެ ހައި ސްޕީޑް ލޯންޗާ އެކު، މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަކަށް ޔަމަހާއިން މި ލޯންޗަށް ބޭނުންވާ 175 ހޯސްޕަވަރުގެ ދެ އައުޓްބޯޑް އިންޖީނުވެސް ލިބިގެންދާނެ އެވެ. ޔަމަހާއަކީ ރާއްޖޭގައި 50 އަހަރު ދުވަހުގެ ހިދުމަތުގެ ތަޖުރިބާ ލިބިފައިވާ، ދުނިޔޭގެ ނަން މަޝްހޫރު، އައުޓްބޯޑް އިންޖީނަށް ހާއްސަ ބްރޭންޑެކެވެ.
ޕްރީޕެއިޑް ޕްލޭންތަކަށް 400ރ. ނުވަތަ އެއަށްވުރެ މަތިން ރީޗާޖުކުރާ ކަސްޓަމަރުންނާއި ޕޯސްޓްޕެއިޑް 400 އަދި ފައިބާ ބްރޯޑްބޭންޑް 30އެމް އަށް ވުރެ މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބްކުރާ ފަރާތްތަކަށް އެ ޕްރޮމޯޝަންގެ ގުރުވަތުގައި ބައިވެރިވެވޭނެ އެވެ.
ދިރާގުގެ ހިދުމަތް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ދިރާގާއި ގުޅޭ ކަސްޓަމަރުންނަށްވެސް އެ ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ދިރާގުން ވަނީ ހުޅުވާލާފަ އެވެ. އަދި ހުރިހާ ކަސްޓަމަރުން ވެސް ހާއްސަ ޕޯޓަލް މެދުވެރިކޮށް ޑިސެންބަރު، 15 ކުރިން އެ ޕްރޮމޯޝަންގައި އެންރޯލްކުރައްވަން ޖެހިވަޑައިގަންނަވާނެ އެވެ.
ދިރާގަކީ ރާއްޖޭގައި މިފަދަ ފޯރިގަދަ ޕްރޮމޯޝަންތައް ކުރިއަށްގެންދާ ކުންފުނިތަކުގެ ތެރެއިންވެސް ނަމޫނާ ކުންފުންޏެކެވެ. އެގޮތުން ކޮންމެ އަހަރުކުވެސް އެ ކުނުފުނީގެ ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދޭނެފަދަ ހާއްސަ ޕްރޮމޯޝަންތަކާއި އޮފަރތަށް ފަރުމާކޮށް، ޑިޖިޓަލް ރައްޖޭގައި ކުރިއެރުމަށް އެފަރާތްތަކަށް މަގުފަހިކޮށްދެ އެވެ.
Comment