Advertisement

ބިލު ފާސްވެއްޖެނަމަ ރާއްޖޭގެ ނޫސްވެރިކަން އެތައް އަހަރެއް ފަހަތަށް ސޮއްސައިލާނެ: އެމްޖޭއޭ

13 ނޮވެންބަރު 2024 - 08:17 1

ލީވާން އަލީ ނާސިރު

ލ

Advertisement

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ): ބިލު ފާސްވެއްޖެނަމަ ރާއްޖޭގެ ނޫސްވެރިކަން އެތައް އަހަރެއް ފަހަތަށް ސޮއްސާލާނެ ކަމަށް އެމްޖޭއޭއިން ބުނޭ -- ފޮޓޯ: ޔޫތު މިނިސްޓްރީ


ބިލު ފާސްވެއްޖެނަމަ ރާއްޖޭގެ ނޫސްވެރިކަން އެތައް އަހަރެއް ފަހަތަށް ސޮއްސައިލާނެ: އެމްޖޭއޭ

13 ނޮވެންބަރު 2024 - 08:17 1

Advertisement

Advertisement

މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ނަމުގައި ކޮމިޝަނެއް އުފައްދަން ހުށަހަޅާފައިވާ ބިލު ފާސްވެއްޖެނަމަ، ރާއްޖޭގައި އޮތް މީޑިއާގެ މިނިވަންކަން އެތައް އަހަރެއް ފަހަތަށް ސޮއްސައިލައިގެންދާނެ ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިއަދު ބުނެފި އެވެ.

އެމްޖޭއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ބިލުގެ ސަބަބުން ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ވަރަށް ބޮޑަށް ހަނިވެގެން ގޮސް ނޫސްވެރިންގެ މަސައްކަތަށް ނުހަނު ބޮޑެތި ހުރަސްތަކެއް އެޅިގެންދާނެ ކަމަށެވެ.

Advertisement

"މީޑިއާތައް އެ މީހުން އަމިއްލައަށް ރެގިއުލޭޓް ކުރުން ނުވަތަ ސެލްފް ރެގިއުލޭޓް ކުރުމަށް މިހާރު އޮތް ބާރު ގެއްލި، އޭގެ ބަދަލުގައި ސަރުކާރުގެ ނުފޫޒާއި ބާރު މީޑިއާއަށް ވަރަށް ބޮޑަށް ވަދެ، ރާއްޖޭގެ މީޑިއާގެ މިނިވަންކަން އެތައް އަހަރެއް ފަހަތަށް ސޮއްސާލައިގެންދާނެ،" އެމްޖޭއޭއިން ބުންޏެވެ.

އެ ޖަމިއްޔާއިން އަބަދުވެސް ގަބޫލުކުރާ ހަމައަކީ މީޑިއާ ރެގިއުލޭޓް ކުރުމުގެ އިހުތިޔާރު އޮންނަންވާނީ މީޑިއާއަކަށް އަމިއްލައަށް އެކަން ކުރާ ގޮތް ނުވަތަ ސެލްފް ރެގިއުލޭޓަރީ މެކޭނިޒަމަކަށް ބުރަވާ ގޮތަށް ކަމަށާއި އެއީ މީޑިއާގެ މައިގަނޑު އެއް މަސައްކަތަކީ ސަރުކާރާއި ދައުލަތުގެ މުއައްސަސާތައް އަދި ބާރުވެރިންގެ މައްޗަށް ފާރަވެރިވެ އެ މީހުން ޒިންމާދާރު ކުރުން ކަމަށް އެމްޖޭއޭއިން ބުންޏެވެ.

އެހެންކަމުން ސަރުކާރަށް ފާރަވެރިވެ ތިބޭ ބައެއްގެ ކަންކަން ބެލެހެއްޓުމާ ސަރުކާރުން ހަވާލުވުމަކީ ވަރަށް ދެކޮޅު ނުޖެހޭ ނިޒާމެއްކަން ފާހަގަކޮށް އެ ޖަމިއްޔާއިން ބުނީ މީޑިއާތައް ބެލެހެއްޓުމަށް މީގެ ކުރިން ސަރުކާރުގެ ނުފޫޒުވަތް ކޮންމެ ފަހަރަކު ވެސް މީޑިއާތައް ބޮޑެތި ޖޫރިމަނާތަކާ ކުރިމަތިވެ ބައެއް ތަންތަން ބަންދުކުރާ ހިސާބަށް ވެސް ދިޔަ ކަމަށެވެ.

Advertisement

އޭގެއިތުރުން އެމްޖޭއޭއިން ބުނީ ސެލްފް ރެގިއުޅޭޓަރީ އުސޫލަކީ ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރަޓިކް އުސޫލުތައް އޮންނަ އެހެން ގިނަ ގަުއމުތަކުގައި ވެސް އަމަލު ކުރަމުން އަންނަ ކާމިޔާބު ނިޒާމެއް ކަމަށެވެ. މިފަހުން އުފެއްދި ބާ ކައުންސިލަކީ ވެސް ކާމިޔާބު ކަމާ އެކު ހިނގަމުން އަންނަ އެފަދަ މިސާލެއް ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރި އެވެ.

އަދި ބިލު ހުށަހެޅުއްވި މެންބަރު ވެސް އަދި ސަރުކާރުގެ ފަރާތުން ވެސް އެ ބިލު އެކުލަވާލުމުގައި އެމްޖޭއޭ އަދި މީޑިއާގެ އިސް ފަރާތްތަކުގެ ލަފާ އެއްވެސް ވަރަކަށް ނުހޯދާކަން ވެސް އެ ޖަމިއްޔާއިން ފާހަގަކުރި އެވެ.

"މިނިވަން މެންބަރެއްގެ ގޮތުގައި ހުންނެވި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލަކީ މި ހުރިހާ އުސޫލުތައް މުގުރިގެންދާނޭ ފަދަ މިނިވަން ނޫސްވެރިކަމާއި މީޑިއާއަށް އޮތް ނުރައްކަލެއް،" އެމްޖޭއޭއިން ބުންޏެވެ.

އެމްޖޭއޭއިން ބުނީ މީޑިއާތައް ރެގިއުލޭޓް ކުރަން އުފައްދާ އާ ކޮމިޝަންގެ ތިންބައިކުޅަ ދެބައި އޮންނަންވާނީ މީޑިއާގެ އެކި ވަސީލަތްތަކާއި އެޑިޓަރުންނާއި ސީނިއާ އަދި ޖޫނިއާ ނޫސްވެރިންނާއި މީޑިއާތައް އަދި މަދަނީ ޖަމިއްޔާތައް ތަމްސީލުވާ ގޮތެއްގެ މަތިން ކަމަށެވެ.

އއަދި ދައުލަތާއި ސަރުކާރަށް ބާރުވެރިކަން ލިބޭ ގޮތަށް މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަނެއް އެކުލަވާލަން އެއްވެސް ގޮތަކަށް ތާއީދު ނުކުރާނެ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

Advertisement

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ށަެެދހަ

4 months ago

ހަމަ އަނެއްކާވެސް! ހުރިހާ އިންޑެޕެންޑެންޓް ކޮމިޝަންތަކަށް މެންބަރުން އައްޔަން ކުރަނީ ރައީސް ފޮނުވާ ނަންތަކުން މަޖިލީހުގައި ދިރާސާކޮށްގެން އަގުލަބިއްޔަތުން ފާސްކޮށްގެން. އެކަމަކު އެހުރިހާ ކޮމިޝަނެއް މިނިވަންވެފައި މި ކޮމިޝަން މިނިވަން ނުވާންވީ ކީއްވެތޯ؟ އަދި މިކޮމިޝަންގައި އެބަ ތިިބޭ ރައީސްއާ މަޖިލީހުގެ އެއްވެސް ދައުރެއް ނެތި އިންތިހާބުކުރާ 3 މެންބަރުންވެސް.