Advertisement

ކޮޕް-29 ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އަޒަރުބައިޖާނަށް ފުރާވަޑައިގެންފި

12 ނޮވެންބަރު 2024 - 11:44 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އދ. އާންމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ފުރާވަޑައިގަތް ދުވަސް -- ފޮޓޯ: ރައީސް އޮފީސް


ކޮޕް-29 ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އަޒަރުބައިޖާނަށް ފުރާވަޑައިގެންފި

12 ނޮވެންބަރު 2024 - 11:44 0

ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖު (ކޮޕް) ގެ 29 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަޒަރުބައިޖާނުގެ ބާކޫއަށް ފުރާވަޑައިގެންފި އެވެ.

އެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ހާއްސަ ބަޔާނެއް އިއްވުމުގެ އިތުރުން ބައެއް ގައުމުތަކުގެ ވެރިންނާ ރައީސް ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކޮޕް-29 ގައި ކްލައިމެޓް ފައިނޭންސްގެ އާ ލަނޑުދަނޑިތައް އެކަށައެޅުމާއި ކާބަން މާކެޓު އޮޕަރޭޝަނަލައިޒް ކުރުމާބެހޭ ގޮތުން މަޝްވަރާ ކުރުމާއި އެއްބާރުލުން އިތުރު ކުރުމާއި އެންޑީސީ ތަރައްގީ ކުރުމަށް ހުރި ހުރަސްތައް ނައްތާލުމާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އަޒަރުބައިޖާނަށް ރައީސް ފުރާވަޑައިގަތީ ސައުދީގައި އިއްޔެ ކުރިއަށް ގެންދިޔަ ޖޮއިންޓް އަރަބް އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށްފަހު އެ ގައުމުންނެވެ.

ރައީސް އާއެކު ސަރުކާރުގެ އިސް ވަފުދެއް އަޒަރުބައިޖާނަށް ކުރައްވާ ދަތުރުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.