Advertisement

އޭޑީބީއިން ރާއްޖެއަށް 21 މިލިއަން ޑޮލަރުގެ ފައިނޭންސިން ޕެކޭޖެއް ދެނީ

12 ނޮވެންބަރު 2024 - 09:59 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އޭޑީބީއިން ރާއްޖެއަށް 21 މިލިއަން ޑޮލަރުގެ ފައިނޭންސިން ޕެކޭޖެއް ދެނީ

12 ނޮވެންބަރު 2024 - 09:59 0

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ރާއްޖެއަށް 21.95 މިލިއަން ޑޮލަރުގެ ފައިނޭންސިން ޕެކޭޖެއް ދޭން ނިންމައިފި އެވެ.

އޭޑީބީން އެ ފައިސާ ރާއްޖެއަށް ދިނުމަށް ނިންމާފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަނެ، ކާބޯތަކެތީގެ ރައްކާތެރިކަން ގާއިމް ކުރުމަށެވެ.

އޭޑީބީން ރާއްޖެއަށް ދޭ 21.95 މިލިއަން ޑޮލަރުގެ ތެރެއިން ހަތަރު މިލިއަން ޑޮލަރަކީ ލޯނެކެވެ. ބާކީ 17.95 މިލިއަން ޑޮލަރަކީ އެންމެ ފަގީރު އަދި ތަރައްގީވަމުން އަންނަ ގައުމުތަކަށް އޭޑީބީން ވަމުން އަންނަ އެހީގެ ދަށުން ދޭ ފައިސާ އެވެ.

އޭޑީބީގެ ނެޗުރަލް ރިސޯސެސް އެންޑް އެގްރިކަލްޗާ އިކޮނޮމިސްޓް މިޗިކޯ ކަޓަގާމީ ވިދާޅުވީ ރާއްޖޭގެ ގިނަ ރަށްތަކަކީ ކަނޑުގެ ލޮނުގަނޑަށްވުރެ އެންމެ އެއް މީޓަރު އުސްމިނުގައި ހުރި ރަށްރަށް ވާތީ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ގައުމަށް ބޮޑު ކަމަށެވެ.

"ރަށް ގިރުމުގެ މައްސަލަ އާއި ކަނޑުގެ ލޮނުގަނޑު އުފުލުމާއި ތޫފާންތައް އިތުރުވުން ފަދަ ނުރައްކާތަކަކީ ކުދި އާބާދީތަކުގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް ވެސް އޮތް ނުރައްކަލެއް. މޫސުން ގޯސްވުމުގެ ސަބަބުން އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް ކާބޯތަކެތީގެ ރައްކާތެރިކަމަށް އަސަރު ކުރާނެ،" އޭނާ ވިދާޅުވި އެވެ.

އެންވަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ އަލަށް ހަމަޖެހުނު އެހީގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކަށް ރައްކާތެރިވުމަށާއި ދެމެހެއްޓެވިނިވި ގޮތެއްގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ކަމަށެވެ.

އެ އެހީގެ ސަބަބުން ރާއްޖޭގެ ކޮންޓެކްސްޓަށް ފެތޭ އެޑަޕްޓޭޝަން އޮޕްޝަންތައް ހޯދުމާއި މޫސުން ބެލެހެއްޓުމާއި، ކުރިން އިންޒާރު ދިނުމުގެ ނިޒާމުތައް ހަރުދަނާ ކުރުމުގެ ގާބިލުކަން އިތުރުކޮށް، ކާބޯތަކެތި ރައްކާތެރިކަން އިތުރު ކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.