Advertisement

އެމެރިކާއިން ޗައިނާއާ ދެކޮޅަށް ކުރަންޖެހިދާނެ ހަނގުރާމައަކަށް ތައްޔާރުވާން ބޭއްވި ތަމްރީނެއްގައި ދިވެހި ސިފައިން ބައިވެރިވެއްޖެ

12 ނޮވެންބަރު 2024 - 06:48 6

ހަސަން މުހައްމަދު

ހ

Advertisement

ރާއްޖޭގެ މެރިން ކޯޕްސްގެ ސިފައިންގެ މީހަކު: ޗައިނާއަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ޑިވެލޮޕްމަންޓް ޕާޓްނަރު -- ފޮޓޯ: އާރްމޯލްޑިވްސް / ރެޑިޓް


އެމެރިކާއިން ޗައިނާއާ ދެކޮޅަށް ކުރަންޖެހިދާނެ ހަނގުރާމައަކަށް ތައްޔާރުވާން ބޭއްވި ތަމްރީނެއްގައި ދިވެހި ސިފައިން ބައިވެރިވެއްޖެ

12 ނޮވެންބަރު 2024 - 06:48 6

Advertisement

Advertisement

އެމެރިކާއިން ޗައިނާއާ ދެކޮޅަށް ހަނގުރާމައެއް ފަށަން ޖެހިއްޖެ ނަމަ އެފަދަ ހަނގުރާމައަކަށް ތައްޔާރުވާން ބޭއްވި ބޮޑު ތަމްރީނެއްގައި ދިވެހި ސިފައިން ބައިވެރިވެއްޖެ އެވެ.

އެމެރިކާއާއެކު ޖުމްލަ 10 ގައުމަކުން ބައިވެރިވި އެ ތަމްރީނު ކުރިއަށް ގެންދިޔައީ ނިމިދިޔަ އޮކްޓޯބަރު 7، އިން ފެށިގެން ހަވާއީ، އެލަސްކާ އަދި ޕަލާއޫގަ އެވެ. އެ ތަމްރީނުގައި ބައިވެރިވި ގައުމުތަކަކީ އެމެރިކާ، ދިވެހިރާއްޖެ، އިނގިރޭސިވިލާތް، ޖަޕާން، މެލޭޝިޔާ، ތައިލެންޑް، އިންޑޮނީޝިއާ، ނިއު ޒީލެންޑް، އޮސްޓްރޭލިއާ އަދި ކެނެޑާ އެވެ.

Advertisement

އެ ތަމްރީނަކީ ޗައިނާއާއެކު ހަނގުރާމައަކަށް ދާންޖެހިއްޖެ ނަމަ އެފަދަ ހާލަތަކަށް ތައްޔާރުވާން ބޭއްވި ތަމްރީނެއްކަން އެމެރިކާއިން ރަސްމީކޮށް ނުބުނެ އެވެ. އެކަމަކު، އެ ގައުމުގައި ހިންގާ އެންމެ ވަރުގަދަ އެއް ނޫސް ނިއު ޔޯކް ޓައިމްސް އިން ވަނީ އެކަން ކަށަވަރު ކުރުމަށްފަހު ރިޕޯޓްކޮށްފަ އެވެ. އެ ލިޔުމަށް އެމެރިކާގެ އޮފިޝަލުން ރަސްމީކޮށް މައުލޫމާތު ދީފައި ހުއްޓެވެ.

އެމެރިކާ އާއި ޗައިނާއިން ހަނގުރާމައަކަށް ގޮސްފި ނަމަ އެކަން ވާނީ މިހާތަނަށް ދުނިޔޭގައި ކުރާ އެންމެ ބޮޑު، ވަރުގަދަ ހަނގުރާމައަށެވެ. ޗައިނާ އަދި އެމެރިކާއަކީ ވެސް ނިއުކްލިއާ ދެ ބާރެވެ. އަދި އެ ދެ ގައުމުގެ އެލައިޒްގެ ގޮތުގައި ބައިވެރިވާނެ ކަމަށް ބެލެވޭ ގައުމުތަކުގައި ވެސް ނިއުކްލިއާ ބާރު އޮވެ އެވެ.

ކައިރި މުސްތަގްބަލެއްގައި ޗައިނާއާއެކު އެމެރިކާއިން ހަނގުރާމައަކަށް ދާންޖެހިދާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ 2027 ގެ ކުރިން ޓައިވާން ހިފަން ތައްޔާރުވުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން އަންގަވާފައިވާތީ އެވެ. ޗައިނާއިން ޓައިވާނު ހިފައި، އެ ގައުމުގެ ބާރު އިތުރު ކުރަމީ އެމެރިކާއަށް އޮތް ނުރައްކަލެއް ކަމަށް އެ ގައުމުން ދެކެ އެވެ.

Advertisement

އެމެރިކާ އާއި ޗައިނާއިން ހަނގުރާމައަކަށް ގޮސްފި ނަމަ ބިމުގައި، ވައިގައި އަދި ކަނޑުގައި ވެސް ވަރުގަދައަށް ހަނގުރާމަ ކުރާނެ އެވެ. އޮކްޓޯބަރު މަހު ކުރިއަށް ގެންދިޔަ ތަމްރީނުގައި އެ ހުރިހާ ކަމަކަށް ތައްޔާރުވި އެވެ. ތަމްރީނުތަކުގައި އެކި ގައުމުތަކުން އެ ގައުމުތަކުގެ ހަތިޔާރާއި އަސްކަރީ އުޅަނދުތައް ވެސް ތަމްރީނުތަކުގައި ބޭނުން ކުރި އެވެ.

ރާއްޖެއަކީ އެ ތަމްރީނުތަކުގައި އެންމެ މަދު ސިފައިންނާއެކު ބައިވެރިވި އެއް ގައުމެވެ. އެކަމަކު، ތަމްރީނުގެ ސަބަބުން ރާއްޖެއަށް ފައިދާތަކެއް ކުރާނެ ކަމަށް އޭގައި ބައިވެރިވި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ މެރިން ކޯޕްސްގެ ކެޕްޓަން އަލީ ޝަރީފް "ވެސްޓް ހަވާއި ޓުޑޭ" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

"މި ތަމްރީނުގެ ސަބަބުން އަހަރުމެންނަށް ވަރަށް ގިނަ ފައިދާތަކެއް ވާނެ. ދިވެހި ސިފައިން ގާބިލިއްޔަތުކަން ވެސް ތަމްރީނުގެ ސަބަބުން އިތުރުވާނެ. އަދި ޕާޓްނަރު ގައުމުތަކާއެކު ގުޅުން ބަދަހިވެ، ދުރު އަދި ކައިރި ގައުމުތަކާއެކު މަސައްކަތް ކުރުމުގެ އިތުބާރު ވެސް ބޮޑުވެގެންދާނެ،" އިންޑިއާއިން އަސްކަރީ ތަމްރީނު ހޯދައިގެން ހުންނެވި ޝަރީފް ވިދާޅުވި އެވެ.

ރާއްޖެއާއެކު އޮތް ގުޅުން ބަދަހި ކުރަން އެމެރިކާއިން މި ފަހުން ދަނީ ވަރަށް ގިނަ މަސައްކަތް ކުރަމުންނެވެ. އާ ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން އެމެރިކާގެ އިސް އޮފިޝަލުން ރާއްޖޭގެ އިސް އޮފިޝަލުންނާ 30 އަށް ވުރެ ގިނަ ފަހަރު ވަނީ ބައްދަލުކޮށްފަ އެވެ. އެމެރިކާގެ ނޭވީގެ ބައެއް އިސް ވެރިން ވެސް ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.

ރާއްޖެއަށް ތިން އަސްކަރީ ޕެޓްރޯލް އުޅަނދަކާއި އަސްކަރީ މަތިންދާބޯޓެއް ހަދިޔާ ކުރަން ވެސް އެމެރިކާއިން ވަނީ ނިންމައިފަ އެވެ. އަދި ގާތްގަނޑަށް 12 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވެސް އެމެރިކާއިން ވަނީ ނިންމައިފަ އެވެ.

ހަވާއީގައި ބޭއްވި ތަމްރީނުގައި ރާއްޖެއިން ބައިވެރިވިއިރު، ޗައިނާއަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ޑިވެލޮޕްމަންޓް ޕާޓްނަރެވެ. ސިނަމާލެ ބްރިޖު އިމާރާތް ކުރުމުގެ އިތުރުން އެއާޕޯޓުގެ ތަރައްގީއަށް ވެސް ޗައިނާއިން ދަނީ އެހީތެރިވަމުންނެވެ. ރާއްޖެއަށް އެންމެ ގިނައިން ލޯނު ދީފައިވާ ދެ ގައުމުގެ ތެރޭގައި ވެސް ޗައިނާ ހިމެނެ އެވެ.

ޗައިނާ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ވެސް ވަރަށް ގުޅުން ބޮޑެވެ. އެމަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނެވިއިރު ވެސް ޗައިނާއާއެކު މަސައްކަތް ކުރެއްވި އެވެ. ނޮވެމްބަރު 17، 2023، ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް މުއިއްޒުގެ އެންމެ ފުރަތަމަ ފުރަމާނަ ދަތުރު ކުރެއްވީ ވެސް ޗައިނާއަށެވެ.

Advertisement

20.00%

40.00%

40.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ސަހަރޯ

4 months ago

އަޅެފަހެ އަޖައިބެއް ނުވާނެތަ.... ދުވަސްކޮޅަކުން މުއިއްޒު ގޮވާނެ މިތާ ސިފައިން އިޒްރާއިލަށް ފޮނުވަންވެސް މިވަރުން ދަންޏާ..... ދިވެހި ދަރިންނަށް ސިފައިންގެއަށް ވަނުން މަޖުބޫރު ކޮއްފަ އަދި އެވަރުން ނުވެގެން އެމެރިކާ މެދުއިރުމަތީގަ މި ކުޅޭ ކުޅިވަރުގަ ބައިވެރިވާންވެސް އެ ދަރީން ފޮނުވާނެ. އިންތިހާބަށް ކުރިމަތިލިއިރު ފަލަސްތީނޭ ކިޔައިގެން ވޯޓު ހޯދަން ވާހަކަ ދައްކާފަ ހަމަ ތަންފުކެއްވެސް ލަދެއް ނުނަނެޔޭދޯ އެންމެން ކުރިމަތީ ހާމައަށް މިހާރު ކުލަ ދައްކާކަށް

ބިއްލޫރި ވާދީ

4 months ago

ޑރ ޑިކްޓޭޓަރު މޫޒު ސީދާ ޔަހޫދީން އަށް އެއްބާރު ދޭން ހިންގާ ކަމެއް މީ.

ސރޖ

4 months ago

ތިން ވަނަ ބޮޑު ހަނގުރާމައަކަށް ދުނިޔެ މިސްރާބު ޖަހާފަ އޮތް އިރު ދިވެހިން ތަމްރީނު މިކުރަނީ އެމެރިކާއާ އެކުގައެވެ. މިކަމަކީ ދިވެހި ރައްޔިތުންގެ މެޖޯރިޓީ ރުހޭ ގޮތް ބާވައެވެ.

ޙޮޅި ވާހަކަ

4 months ago

ކަނޑުކޮހަކީ އޭގެ އަމިއްލަ ބާރެއްނެތި އެވަގުތަކު އޮޔަ އޮތްކޮޅަކަށް ދުވަމުންދާ އެތެރޭގަ ހޮޔަހެދިފަ ހުންނަ ހޮޅިލަކުޑިއަށް ކިޔާނަމެކެވެ. މުއިއްޒުގެ ދާހިލީ ސިޔާސަތު މިހާރު މިއޮތީ އެގޮތަށެވެ. ގައުމަށް ލިބޭނެ ފައިދާއެއް ނެތްތާގަ މިކަމުން އިއާދަ ނުކުރެވޭ ގެއްލުން ލިބޭނެއެވެ.

ސަދުރަވި

4 months ago

ތިއޮތީ އިޒްރޭލް ޕާސްޕޯޓު މަނާކުރެވިފަ ކަމަށް ދެކެން. ފަލަސްތީނުގެ ނަަސްލު ނައްތާލުމަށް ކުރާ މަސައްކަތުގެ އެންމެ ބޮޑު ބައިވެރިޔާ އާއެކު އަސްކަރީ ގޮތުން ތަމްރީނު ކުރުމަކީ އިސްލާމުންނަށް މުއިއްޒުވެފައި އޮތް ބޭވަފާއެއް. މިކަމާ ގުޅިގެން ވެރިކަމުން އަޒަލްކުރުމަކީ ކުރެވިދާނެ ކަމެއް. އިސްލާމްދީނަށް ނަސްރު ދިނުމަށް ހުތުބާގަ ދުއާ ކުރުމުގެ ބޭނުންވެސް ކެނޑިއްޖެ.

ހަސަންދީ(ލ)

4 months ago

އެވަރުކަމެއްނޫނޭ، ދެން ޗައިނާއިން އެމެރިކާއާ ދެކޮޅަށް ހަނަގުރާމަ ކުރަންޖެހިއްޖެ ހާލަތަކާ ގުޅޭގޮތުން ޗައިނާއިން ބާއްވާ ތަމްރީނެއްގައި ބައިވެރިވީމަ ނިމުނީ.