Advertisement

ޑޮމެއިންގެ މައްސަލަތައް ބަލާ ކޮމެޓީ އެކުލަވައިލުމުގެ ބާރު ޓްރާސްޕޯޓު މިނިސްޓަރަށް ދީފި

11 ނޮވެންބަރު 2024 - 11:44 0

މުހައްމަދު ޝަހްޒާން

މ

Advertisement

ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން -- ފޮޓޯ: ރައީސް އޮފީސް


ޑޮމެއިންގެ މައްސަލަތައް ބަލާ ކޮމެޓީ އެކުލަވައިލުމުގެ ބާރު ޓްރާސްޕޯޓު މިނިސްޓަރަށް ދީފި

11 ނޮވެންބަރު 2024 - 11:44 0

Advertisement

Advertisement

ޑޮމެއިންގެ ހިދުމަތް ދިނުމުގައި ދިމާވެފައި ނުވަތަ ދިމާވާ މައްސަލަތައް ބަލައި އެ މައްސަލަތަކާ މެދުގައި ގޮތް ނިންމުމަށް އެކުލަވައިލަންޖެހޭ ކޮމެޓީއަށް މީހުން އައްޔަނު ކުރުމުގެ ބާރު ޓްރާސްޕޯޓު މިނިސްޓަރަށް ލިބޭ ގޮތަށް އެއްގަމު އުޅަނދުގައި ޑޮމެއިން ބޭނުން ކުރުމުގެ ގަވާއިދު ބަދަލުކޮށްފި އެވެ.

ޓްރާސްޕޯޓު މިނިސްޓަރީން މިއަދު ގެޒެޓުކުރި ގަވާއިދުގައި މައިގަނޑު ގޮތެއްގައި ގެނެސްފައި ވަނީ ދެ ބަދަލެކެވެ.

Advertisement

އެއްގަމު އުޅަނދުގެ ޑޮމެއިން ބޭނުން ކުރުމުގެ ގަވާއިދުގެ ހަވަނަ މާއްދާއަށް ގެނައި އިސްލާހުގައި އޮތީ ޑޮމެއިންގެ ހިދުމަތް ދިނުމުގައި ދިމާވެފައިވާ ނުވަތަ ދިމާވާ މައްސަލަތައް ބަލައި އެ މައްސަލަތަކާ މެދު ގޮތް ނިންމުމުގެ ބާރު ލިބޭ ކޮމިޓީ އެކުލަވައިލާނީ ޓްރާންސްޕޯޓު މިނިސްޓަރު ކަމަށާއި އެ ކޮމިޓީގައި ތިބޭނީ ހަތް މެންބަރުން ކަމަށެވެ.

އެ ގަވާއިދުގައި މީގެ ކުރިން އޮންނަ ގޮތުން ޑޮމެއިންގެ މައްސަލަ ބަލާ ކޮމެޓީގައި ޓްރާންސްޕޯޓުގެ އިތުރުން ފިނޭންސް މިނިސްޓަރީ އާއި މޯލްޑިވްސް އިންލެންޑު ރިވެނިއު އޮތޯރިޓީގެ ބޭފުޅުން ތިބުން ލާޒިމެވެ. ނަމަވެސް މިފަހަރު ގެނައި އިސްލާހުގައި އެ ބައި ވަނީ އުނިކޮށްފަ އެވެ.

ޑޮމެއިން ނަންބަރުތައް ގަވާއިދަށް ފައްތަން 60 ދުވަސް ދެނީ

އެ މުއްދަތުގައި ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން ޑޮމެއިންގެ ސައްހަކަން ކަށަވަރު ކުރުމަށް ފަހު އާ ލިޔުންތައް ހަވާލުކުރުމުގެ މަރުހަލާ ވެސް ކުރިއަށްދާނެ. އެ މުއްދަތަށް ފަހު ސައްހަ ލިޔުމުގެ ގޮތުގައި ބަލާނީ އަލުން ދޫކުރާ ރެޖިސްޓްރޭޝަނާއި ބޭނުންކުރުމުގެ ހުއްދައިގެ ލިޔުންތައް.

ޑޮމެއިން ނަންބަރުތައް ގަވާއިދަށް ފައްތަން 60 ދުވަސް ދެނީ

އެ މުއްދަތުގައި ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން ޑޮމެއިންގެ ސައްހަކަން ކަށަވަރު ކުރުމަށް ފަހު އާ ލިޔުންތައް ހަވާލުކުރުމުގެ މަރުހަލާ ވެސް ކުރިއަށްދާނެ. އެ މުއްދަތަށް ފަހު ސައްހަ ލިޔުމުގެ ގޮތުގައި ބަލާނީ އަލުން ދޫކުރާ ރެޖިސްޓްރޭޝަނާއި ބޭނުންކުރުމުގެ ހުއްދައިގެ ލިޔުންތައް.

Advertisement

އަލަށް ގެނައި އިސްލާހުގައި އެ ކޮމިޓީއަށް ވަނީ ޑޮމެއިންގެ ސައްހަކަން ކަނޑައެޅުމާއި ޑޮމެއިން ދޫކޮށްފައި ވަނީ ގަވާއިދާ އެއްގޮތަށް ނޫން ކަމަށް ނިންމައި ޑޮމެއިން ބާތިލު ކުރުމުގެ ބާރުގެ އިތުރުން އެ ކޮމިޓީން ބަލާ މައްސަލަތަކާ މެދު މަދަނީ މިންގަނޑު ގޮތެއް ނިންމުމުގެ ބާރު ވެސް ދީފަ އެވެ.

އޭގެ އިތުރުން ދެން އެ އިސްލާހުގައި އޮތީ އެ ގަވާއިދުގެ 11 ވަނަ މާއްދާގެ ފަހަތަށް 1-11 ގެ ގޮތުގައި މާއްދާއެއް އިތުރު ކުރުމަށެވެ.

އެ މާއްދާގައި ހިމަނާފައި ވަނީ މިހާރު ދޫކޮށްފައި ހުރި ޑޮމެއިންތަކުގެ ރެޖިސްޓަރީ ލިޔުމާއި ޑޮމެއިން ބޭނު ކުރުމުގެ ހުއްދަތައް އައު ގަވާއިދާ އެއްގޮތަށް ބަދަލު ކުރުމަށްޓަކައި އަންނަ އާދީއްތަ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި ޑޮމެއިން ރެޖިސްޓަރީ ކޮށްފައިވާ ކަމުގެ ލިޔުން ނުވަތަ ފައިސާ ދެއްކި ކަމުގެ ސްލިޕް މިނިސްޓަރީއަށް ހުށަހެޅުމަށެވެ.

އަންނަ އާދީއްތަ ދުވަހުގެ ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި ހުރިހާ ހުއްދައެއް އައު ގަވާއިދާ އެއްގޮތަށް ބަދަލު ކުރަންޖެހޭނެ ކަމަށް ވެސް އެ މާއްދާގައި ބަޔާން ކޮށްފައިވެ އެވެ. އާ ގަވާއިދަށް އަމަލު ކުރަން ފަށާނީ އަންނަ އާދީއްތަ ދުވަހުން ފެށިގެންނެވެ.