Advertisement

އާން އަށް ހަންގޭރީ މުބާރާތްތަކުގައި އަށް ގައުމީ ރެކޯޑް

11 ނޮވެންބަރު 2024 - 11:48 0


އާން އަށް ހަންގޭރީ މުބާރާތްތަކުގައި އަށް ގައުމީ ރެކޯޑް

11 ނޮވެންބަރު 2024 - 11:48 0

ހަންގޭރީގައި މި ފަހުން ކުރިއަށްދިޔަ މުބާރާތްތަކުގައި ވާދަކޮށް، ގައުމީ ފެތުންތެރިޔާ، މުހައްމަދު އާން ހުސެއިން ޖުމްލަ އެކު، އަށް ގައުމީ ރެކޯޑެއް މުގުރާލައިފި އެވެ.

އާން، 20، އާ ކުރި އެންމެ ފަހު ރެކޯޑަކީ، ހަންގޭރީގެ 20 ވަނަ ނެޝަނަލް ޝޯޓްޓްރެކް ޗެމްޕިއަންޝިޕް ގައި ފިރިހެނުންގެ ޝޯޓްކޯސް 100 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގައި ވާދަކޮށް ރާއްޖޭގެ ގައުމީ ރެކޯޑެވެ. މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އޮތީ މުބާލް ޢައްޒާމް އިބްރާޙީމް އަތުގަ އެވެ. އެއީ މި އަހަރުގެ އަންކުލައުޑް ވިކްޓޯރިއަން އޯޕަން ޝޯޓްކޯސް ޗެމްޕިއަންޝިޕްގައި 01:04.51 އިން ރޭސް ފުރިހަމަކޮށްގެން މުބާލް ހެދި ރެކޯޑެކެވެ. އާން، އެ ރެކޯޑް އާ ކުރީ، 01:04.19 އިން ރޭސް ނިންމައިގެންނެވެ.

ހަންގޭރީގައި މި ފަހުން ކުރިއަށްދިޔަ މުބާރާތްތަކުގައި ވާދަކޮށް އާން، ހެދި ރެކޯޑްތަކަކީ 100 މީޓަރު ފްރީސްޓައިލް ރެކޯޑް ދެ ފަހަރާއި، 50 މީޓަރު ފްރީސްޓައިލް ރެކޯޑް ދެ ފަހަރުގެ އިތުރުން، 100 މީޓަރު ފްރީސްޓައިލް ރެކޯޑާއި 200 މީޓަރު ފްރީސްޓައިލް ރެކޯޑާއި 50 މީޓަރު ބެކްސްޓްރޯކް ރެކޯޑާއި 50 މީޓަރު ބަޓަފްލައި ރެކޯޑް އަދި 100 މީޓަރު އިންޑިވިޖިއަލް މެޑްލޭ ރެކޯޑް އެވެ.

މީގެ ތެރެއިން، ފިރިހެނުންގެ ޝޯޓްކޯސް 100 މީޓަރު ފްރީސްޓައިލް ރެކޯޑަަކީ އަށް އަހަރު ވަންދެން މުގުރައިނުލެވި އޮތް ރެކޯޑެކެވެ.

އެ ގޮތުން، 2016 ވަނަ އަހަރު ފީނާ ވޯލްޑް ޗެމްޕިއަންޝިޕްގައި ނިޝްވާން އިބްރާހިމް ހެދި ރެކޯޑް، އާން މި ވަނީ އެއް މަސް ތެރޭ ދެ ފަހަރަށް އާ ކޮށްފަ އެވެ. މިދިޔަ މަހު އޮތް، ދެ ވަނަ ޝޯޓް ޓްރެކް ބުޑަ ކަޕްގައި، ފިރިހެނުންގެ ޝޯޓްކޯސް 100 މީޓަރު އިވެންޓް، 00:54.89 އިން ރޭސް ފުރިހަމަކޮށްގެން، އާން ރެކޯޑް މުގުރާލީ، ނިޝްވާންގެ ޓައިމިން ބީޓުކޮށްފަ އެވެ. ނިޝްވާން، އަށް އަހަރު ކުރިން ރެކޯޑް ހެދި ޓައިމިން އަކީ، 00:56.25 އިންނެވެ.އާން، އަނެއްކާ ވެސް، މި ރެކޯޑް އާ ކުރީ، 00:53.45 އިން ރޭސް ނިންމައިގެންނެވެ.