about 8 hours 0
މުހައްމަދު ޝަހްޒާން
އެ މަޖައްލާގެ ތިންވަނަ އަދަދު ނެރުނީ ލަންޑަނުގައި މިހާރު ކުރިއަށްދާ ވޯލްޑް ޓްރެވެލް މާކެޓް (ޑަބްލިއުޓީއެމް) ގައި -- ފޮޓޯ: ދަ ޓްރެވަލް ގައިޒް
about 8 hours 0
ރާއްޖޭގައި ފާހަގަކޮށްލެވޭ މާކެޓިން އަދި ޕީއާރް ފާމެއް ކަމަށްވާ ދަ ޓްރެވަލް ގައިޒް އިން ނެރޭ ޓްރެވަލޫޝަންގެ ތިންވަނަ އަދަދު މިއަދު ނެރެފި އެވެ.
އެ މަޖައްލާގެ ތިންވަނަ އަދަދު ނެރުނީ ލަންޑަނުގައި މިހާރު ކުރިއަށްދާ ވޯލްޑް ޓްރެވެލް މާކެޓް (ޑަބްލިއުޓީއެމް) ގަ އެވެ. ޓްރެވަލޫޝަން މަޖައްލާ ނެރުން ޝަރަފުވެރި ކޮށްދިނީ ހެރިޓަންސް އާރަށް އަދި އަދާރަން ރިސޯޓްސްގެ ސޭލްސް އެންޑް މާކެޓިން އެސިސްޓެންޓް ވައިސް ޕްރެޒިޑެންޓް ސުރޭޝް ޑިސަނަޔަކަ އާއި ޓްރެވެލް ގައިޒްގެ މެނޭޖިން ޑިރެކްޓަރު ފްރާތު މުހައްމަދެވެ.
ދަ ޓްރެވަލް ގައިޒް އިން ބުނީ ޓްރެވަލޫޝަން މަޖައްލާގެ ތިންވަނަ އަދަދުގައި ރާއްޖޭގެ ރީތިކަމާއި ދިވެހީންގެ މުއްސަނދި ސަގާފަތާއި އަދި ރާއްޖޭގައި މީހުން އާންމުކޮށް ކޮށް އުޅޭ އަދި ކޮށް އުޅުނު މަސައްކަތްތައް ފާހަގަކޮށްފައި ވާނެ ކަމަށެވެ.
"މި އަދަދުގެ މެއިން ފޯކަސްއަކީ ދިވެހިރާއްޖޭގެ ފަހުރުވެރި ސަގާފަތް ކަމުގައި ހަދައި ލިޔެލާ ޖެހުމާއި ތުނޑުކުނާގެ ކަވިކަމާއު ބޮޑުވެރުގެ ބުންބެރަށް ބަލައިލުން ހިމެނޭ ފުރިހަމަ ވާހަކަތަކެއް ކިޔުންތެރިންނަށް ގެނެސްދީފައި ވާނެ،" ދަ ޓްރެވަލް ގައިޒް އިން ބުންޏެވެ.
ޓްރެވަލޫޝަންގެ ތިން ވަނަ އަދަދުގެ ޓައިޓްލް ޕާޓުނަރަކީ ހެރިޓަންސް އާރަށެވެ. ގޯލްޑް ޕާޓުނަރުންނަކީ ކްރޮސް ރޯޑްްސް މޯލްޑިވްސް އާއި އިފުރު އައިލެންޑް މޯލްޑިވްސްގެ އިތުރުން އަލޯލާ ކޮތައިފަރެވެ. ދަ ޓްރެވަލް ގައިޒް އިން ބުނީ އެ ހުރިހާ ފަރާތްތަކަކުން ރާއްޖޭގެ ފަތުރުވެރިކަމަށް ކޮށްދީފައިވާ ހިދުމަތްތަކަށް ވެސް މިފަހަރުގެ އަދަދުގައި އަލި އަޅުވާލައިފައިވާނެ ކަމަށެވެ.
އޭގެ އިތުރުން މި ފަހަރުގެ އަދަދުގައި ދިވެހި ފަންނުވެރިޔާ، އައިމާ މުސްތަފާ ކުރަހާފައިވާ ބައެއް މަންޒަރުތަކާއި ބަދަލުވުމެއް ނުވާ ރައިވަރާއި ކަސަބު ބޯވަޅުގެ ސަގާފީ މުހިންމުކަމާއި ރާއްޖޭގެ އައު ޖީލަކަށް ކަސަބު ބޯވަޅު ގެނެސްދިނުމާއި އެ ފަންނުވެރިކަން ދެމެހެއްޓުމަށް ނަހުދާ އަބްދުލްމުހުސިން ކުރަމުންދާ މަސައްކަތުގެ އިތުރުން ކ. އަތޮޅުގައި ފީނުމަށް ހާއްސަ ކޮށްފައިވާ ސަރަހައްދުތަކާއި މެކްރޯ ޑައިވިންގެ ބައިތައް ވެސް ހިމަނާފައިވާނެ ކަމަށް ދަ ޓްރެވަލް ގައިޒް އިން ބުންޏެވެ.
Comment