about 3 hours 0
މުހައްމަދު ޝަހްޒާން
ޓޫރިޒަމް އެޑްވައިޒަރު ހަލީލް: އޭނާގެ ކުންފުނިން ވަނީ ޑޮލަރު މާރުކުރާ ގަވާއިދު އުވާލަން ގޮވާލާފައި -- ފޮޓޯ: އަދަދު
about 3 hours 0
ޓޫރިސްޓު ފެލިސިޓީތަކުން ބޭންކަށް ޑޮލަރު މާރު ކުރަން މަޖުބޫރުކުރާ މައްސަލައިގައި އެއްވެސް ދުލެއް ނުދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެން، ޓޫރިޒަމް އެޑްވައިޒަރު މުހައްމަދު ހަލީލު އިސްތިއުފާ ދެއްވުމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، މިއަދުއިކޮނިމިކް ކައުންސިލަށް އޭނާ އައްޔަނު ކޮށްފި އެވެ.
ހަލީލު މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ޕަލްސް ކުންފުނިން އެމްއެމްއޭ އަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ޑޮލަރު މާރުކުރެވެން ނެތް ކަމަށާއި މިއީ އިންޑަސްޓްރީގެ ހާލަތާ ނުބައްދަލު ގަވާއިދެއް ކަމަށް ވިދާޅުވެފައިވެ އެވެ.
އެ ކުންފުނިން ހިންގާ ރިސޯޓުތަކަކީ ނޮޓިލަސް މޯލްޑިވްސް، ކަނޑިމަ މޯލްޑިވްސް، ނޯވާ މޯލްޑިވްސް އަދި އެވަލަން މޯލްޑިވްސް އެވެ.
ސަރުކާރުގެ އިގުތިސޯދީ ސިޔާސަތު ކަނޑައެޅުމުގައި މަޝްވަރާ ކުރިއަށް ގެންދާ އިކޮނޮމިކް ކައުންސިލް އަށް ރައީސް މުއިއްޒު މިއަދު ހަލީލު އައްޔަން ކުރެއްވީ މަޖުބޫރުން ޑޮލަރު މާރުކުރުމުގެ ގަވާއިދާމެދު ރިސޯޓު ދާއިރާގެ ވިޔަފާރިވެރިން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ. މިކަމާ ގުޅޭ ގޮތުން އެޑްވައިޒަރު ހަލީލުގެ ބަހެއް ނުލިބެ އެވެ.
ޑޮލަރު މާރުކުރެވެން ނެތް ކަމަށް ބުނެ ގިނަ އަދަދެއްގެ ކުންފުނިތަކުން އެމްއެމްއާއި ކަމާ ގުޅޭ ސަރުކާރުގެ އޮފީސްތަކަށް ސިޓީ ފޮނުވި ނަމަވެސް، މިހާތަނަށް އެކަމަށް އިޖާބައެއް ނުދެ އެވެ.
ސަރުކާރުން ބޭނުން ވަނީ ޑޮލަރު މާރުކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމަށެވެ.
ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އަދި ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ މަގުން ބޭންކަށް ޑޮލަރު މާރު ކުރަން މަޖުބޫރުކޮށް އެމްއެމްއޭ އިން އޮކްޓޯބަރު 1 ގެޒެޓުކުރި ގަވާއިދުގެ ދަށުން އެ ފަދަ ތަންތަން އެމްއެމްއޭގައި ރަޖިސްޓްރީވުމަށް ދީފައި އޮތް ސުންގަޑިއަކީ އޮކްޓޯބަރު 30 އެވެ.
މި ގަވާއިދުގެ ދަށުން ޖެނުއަރީ 1، 2025 ފެށިގެން ރިސޯޓާއި ގެސްޓު ހައުސް އަދި ޓޫރިސްޓު އުޅަނދުތަކުން ޑޮލަރު މާރުކުރަން މަޖުބޫރު ވާނެ އެވެ.
އިކޮނޮމިކް ކައުންސިލްގައި އެޑްވައިޒަރު ހަލީލާއެކު ޖުމުލަ 14 މެންބަރުން ތިއްބަވާނެ އެވެ.
Comment