Advertisement

ހުލާސާކޮށް އިއްޔެ: ވައުދާ ހިލާފުވި ބިލް ތަސްދީގުކުރުން

about 5 hours 0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު. ގާނޫނުތަކަށް އަލަށް ގެނައި ބަދަލާއެކު އެއާޕޯޓުގެ ފީތައް ބޮޑުވާނެ. -- ފޮޓޯ: އެމްއޭސީއެލް


ހުލާސާކޮށް އިއްޔެ: ވައުދާ ހިލާފުވި ބިލް ތަސްދީގުކުރުން

about 5 hours 0

އެއްވެސް ޓެކްސްއެއް ބޮޑުނުކުރާނެ ކަމުގެ ވައުދު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވިތާ އަހަރެއް ނުވަނީސް އެމަނިކުފާނުގެ ސަރުކާރު ޓީޖީއެސްޓީ، ގްރީން ޓެކްސް، އަދި އެއާޕޯޓު ފީތައް ބޮޑުކުރާ ބިލްތައް ތަސްދީގު ކުރައްވައިފި އެވެ.

ޓީޖީއެސްޓީ، ގްރީން ޓެކްސް، އަދި އެއާޕޯޓު ފީތައް ބޮޑުކުރަން މަޖިލީހުން މިދިޔަ ބުރާސްފަތީގައި ފާސްކުރި ބިލުތައް އިއްޔެ ރައީސް ވަނީ ތަސްދީގު ކުރައްވާފަ އެވެ. ގާނޫނުތަކުގެ ދަށުން ހުރި ގަވާއިދުތަކަށް އިސްލާހު ގެނެސް 30 ދުވަހުގެ ތެރޭގައި ގެޒެޓު ކުރަން ޖެހޭ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ އެކު ވަނީ ވަނީ ޖޫން، 2025، އިން ފެށިގެން ޓީޖީއެސްޓީ 16 ޕަސެންޓުން 17 ޕަސެންޓަށް ބޮޑު ކުރުމަށް ނިންމާފަ އެވެ. އަންނަ އަހަރު ޓީޖީއެސްޓީގެ ގޮތުގައި 9.9 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، ޑޮލަރުން ބަލާކަމުގައި ވަނީ ނަމަ އެއީ 642 މިލިއަން ޑޮލަރެވެ.

ޓޫރިޒަމް ގާނޫނުގެ އިސްލާހާއެކު ޖެނުއަރީ، 2025، އިން ފެށިގެން ގްރީން ޓެކްސް ހަ ޑޮލަރުން 12 ޑޮލަރަށް ބޮޑުވާނެ އެވެ. އަދި, 50 ކޮޓަރިއަށް ވުރެ މަދު ތަންތަނުން ދައްކަން ޖެހޭ ވަރު ތިން ޑޮލަރުން ހަ ޑޮލަރަށް ވަނީ ބޮޑުކޮށްފަ އެވެ.

އެއާޕޯޓު ޓެކްސް އަދި ފީ ބޮޑުކުރާނީ ޑިސެމްބަރު 1 އިން ފެށިގެންނެވެ. އިކޮނޮމީ ކްލާހުން ދަތުރު ކުރާ ދިވެހިންގެ އަތުން ނަގާ ފީ އާއި ޓެކްސް ނޫން އެހެން ހުރިހާ ފީއެއް އަދި ޓެކުހެއް އެ ދުވަހުން ފެށިގެން ބޮޑުވާނެ އެވެ.

މުހިއްމު ބައެއް ހަބަރު