5 ނޮވެންބަރު 2024 - 08:40 3
ލީވާން އަލީ ނާސިރު
5 ނޮވެންބަރު 2024 - 08:40 3
ބަންދުގައި ތިބޭ ގައިދީންގެ ބޯކޮށުމަކީ އެމީހުންގެ އަމިއްލަ އިހުތިޔާރީ ކަމެއްގެ ގޮތުގައި ޖަލުގެ ގަވާއިދުތަކާއި އުސޫލުތައް ބަދަލު ކުރަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ދިން ލަފަޔަށް ޕޮލިސީ ލެވެލުގައި މަޝްވަރާ ކުރަމުންދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފި އެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިސަރު އައިމިނަތު ޔުސްރީން "އަދަދު" އަށް ވިދާޅުވީ ކަރެކްޝަންސްއިން އަމަލު ކުރަމުންދަނީ ޖަލުތަކާއި ޕެރޯލް ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ މަތިން ކަމަށާއި އެޗްއާރްސީއެމްއިން ދިން ލަފަޔަށް ޕޮލިސީ ލެވެލްގައި މަޝްވަރާ ކުރަމުންދާ ކަމަށެވެ.
"ގަވާއިދުތައް ހަދާފައި ވަނީ ސާފުތާހިރުކަމަށާއި ބަލިބަލިން ރައްކާތެރި ކުރުމަށް ބާރު އަޅާ ކަންކަމަށް ރިއާޔަތް ކޮށްފައި. ކަންތައްތަކަށް ބަދަލު ގެނައުމާ ގުޅޭ ގޮތުން ޕޮލިސީ ލެވެލުގައި ދަނީ މަޝްވަރާ ކުރަމުން. އޭގެ ތެރޭގައި އެޗްއާރްސީއެމްއިން ދިން ލަފާ ހިމެނޭ،" އޭނާ ވިދާޅުވި އެވެ.
މަޝްވަރާތައް ކުރުމަށްފަހު އަމަލު ކުރަމުންދާ އުސޫލަށް ބަދަލު ގެންނަން ޖެހޭ ނަމަ އެކަމެއް ކުރާނެކަން ފާހަގަކުރައްވާ ޔުސްރީން ވިދާޅުވީ މިވަގުތު އެއްވެސް ބަދަލެއް ގެނައުމަށް ނިންމާފައި ނުވާ ކަމަށެވެ.
ޖަލު ބަންދުގައި ތިބޭ ގައިދީންގެ ފަރާތުން އެޗްއާރްސީއެމްއަށް ހުށަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެން ގައިދީންގެ ބޮލާއި ތުނބުޅިމަތިމަސް ބަހައްޓަންޖެހޭ ގޮތުގެ އުސޫލު ރިވިއު ކުރުމަށްފަހު އެޗްއާރުސީއެމުން ބުނީ ޖަލު ބަންދުގައި ތިބޭ މީހުންގެ ބޮލުގެ އިސްތަށިގަނޑު ވަކި ވަރަކަށް ކޮށާފައި ބަހައްޓަން ގަވާއިދުތަކާއި އުސޫލުތަކުން މަޖުބޫރު ކޮށްފައި އޮތުމަކީ ދުނިޔޭގެ ތަހުޒީބު މުޖުތަމައުތަކުގައި ކުރަމުން އަންނަ ކަމެއް ނޫން ކަމަށެވެ.
އެޗްއާރުސީއެމުން ހުށަހަޅާފައި ވަނީ ބަލިމަޑުކަމެއްގެ ސަބަބުން ޖަލުގެ އާންމު ސިއްހަތު ރައްކާތެރި ކުރުމަށް ނުވަތަ ގައިންގަޔަށް އަރާފަދަ ބަލިމަޑުކަމެއް ފެތުރިދާނެ ހާލަތެއްގައި މެނުވީ އެއްވެސް ގައިދީއެއްގެ ނުރުހުމުގައި ބޯނުކޮށުމަށެވެ. އަދި އެފަދަ ހާލަތެއްގައި ވެސް ބޯކޮށަން ޖެހޭނީ ޖަލުގެ ހެލްތު އޮފިސަރުގެ ލަފާގެ މަތިން ކަމަށް ގަވާއިދުގައި ބަޔާން ކުރަން ވެސް އެޗްއާރުސީއެމުން ހުށަހަޅައިފައިވެ އެވެ.
50.00%
0.00%
50.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ޗިކް އިޒް ބެކް
4 months ago
ޖަލަށް ގެންދަންޖެހެނީ އިސްލާހީ ބަދަލުތަކެއް ގެނެއުމަށް (އެހެންވޭ ކަރެކްޝަންސް ކިޔަނީ) ހަމަ ބޯކޮށާ ނިޔަފަތި ކަނޑާ، ނަމާދުކުރުވާ ދެންވެސް ކުށްވެރިން އިސްލާޙްކުރުވަން ކުރަންޖެހޭ އެންމެހާ ކަމެއް ކުރުވަންޖެހޭ، މިނިވަންކަންމަތީ ތިބެ ކުށްނުކޮށް އުޅެމުން ދިގު ކުރާއެއްޗެއް ކުރޭ. އޭރުން ތިބުނާ ހައްގެއް ލިބޭނެ.
ކައްޒާބް
4 months ago
ބޯ ކުރުކޮށް ކޮށުން އެންމެ ރަނގަޅީ އިހުތިޔާރު ލިބޭނީ ކުއްނުކޮށް މުޖުތހަމަުގަ އުޅޭމީހުންނަށް. ދެން ބޭރުގަ އުޅޭންވެސް އިހްތިޔާރުދީފާނެ ކެސް ހިއުމަން ރައިޓްސް
މުލޭ
4 months ago
ބޯ ކުރުކޮށް ކޮށުން ނޫން އެހެން އިޚްތިޔާރެއް ޖަލު މީހުންނަށް އޮވެގެން ނުވާނެ. ޖަލުން ނިކުމެ ބޯދިގުކޮށްގެން އުޅެން ފުރުސަތު ލިބޭނެ.
Comment