Advertisement

ބީއެމްއެލްއިން ވިޔަފާރިތަކަށް ހާއްސަ ޕްރިޕެއިޑް ކާޑެއް ތައާރަފުކޮށްފި

5 ނޮވެންބަރު 2024 - 10:55 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބީއެމްއެލްއިން ވިޔަފާރި ކާޑޫ ތައާރަފް ކުރުމަށް ބޭއްވި އިވެންޓުގެ ތެރެއިން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ބީއެމްއެލްއިން ވިޔަފާރިތަކަށް ހާއްސަ ޕްރިޕެއިޑް ކާޑެއް ތައާރަފުކޮށްފި

5 ނޮވެންބަރު 2024 - 10:55 0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިޔަފާރިތަކުން ކޮންމެ ދުވަހަކު ވެސް ކުރާ ހަރަދުތައް މެނޭޖު ކުރުމަށް ހާއްސަ ޕްރިޕެއިޑް ކާޑެއް މިއަދު ތައާރަފްކޮށްފި އެވެ.

ބީއެމްއެމްއެލްއިން ތައާރަފްކުރީ އިންޓަނެޓް ބޭންކިންއިން ވެސް ފެންނަ ރުފިޔާ އަދި ޑޮލަރު ކާޑެވެ. އޭގެ ތެރެއިން ރުފިޔާ ކާޑުތައް ރާއްޖޭގައި ބޭނުން ކުރެވޭއިރު، ޑޮލަރު ކާޑު ރާއްޖޭގެ އިތުރުން ބޭރު ގައުމުތަކުގެ ޓްރާންސެކްޝަންތަކަށް ބޭނުން ކުރެވެ އެވެ.

ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު "އަދަދު" އަށް ވިދާޅުވީ ޕްރިޕެއިޑް ކާޑެއް އޮތީމަ ފައިދާއަކީ އެ ދުވަހަކަށް ބޭނުންވާ ވަކި އަދަދެއް ޓޮޕްއަޕް ކޮށްގެން ބޭނުން ކުރެވޭނެ ކަމަށާއި ލިމިޓްތަކެއް ވެސް ހުންނާނެ ކަމަށެވެ.

އެ ކާޑުތައް އޭޓީއެމް، ޕީއޯއެސް އަދި އީކޮމާސްގައި ވެސް ބޭނުން ކުރެވެ އެވެ.

ބީއެމްއެލްއިން ވިޔަފާރި ކާޑޫ ތައާރަފް ކުރުމަށް ބޭއްވި އިވެންޓުގެ ތެރެއިން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ބީއެމްއެލްއިން ބުނީ ވިޔަފާރިތަކަށް ރުފިޔާ ކާޑުން ދުވާލަކު ދެ ލައްކަ ރުފިޔާއާ ހަމައަށް ޓްރާންސެކްޝަން ހެދޭނެ ކަމަށާއި އެންމެ ގިނަ ވެގެން ފަސް ލައްކަ ރުފިޔާއާ ހަމައަށް ރީލޯޑް ކުރެވޭނެ ކަމަށެވެ.

ޑޮލަރު ކާޑުން ވިޔަފާރިތަކަށް ދުވާލަކު 50،000 ޑޮލަރުގެ ޓްރާންސެކްޝަން ހެދޭނެކަން ކަމަށާއި ރިޅޯޑް ކުރެވޭނެ އެންމެ މަތީ ލިމިޓަކީ އެއް ލައްކަ ޑޮލަރު ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލް މޯބައިލް އެޕްގެ ވޮލެޓް ޕޭމަންޓްތަކަށް ވެސް އެ ކާޑުތައް ބޭނުން ކުރެވޭއިރު އެ ކާޑުތައް ބޭނުންކޮށްގެން ވިޔަފާރިތަކަށް ޒޯހޯގެ ޕްރޮޑަކްޓްތަކުން 35 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބެ އެވެ.

ބީއެމްއެލްއިން އަންނަނީ މިއަދު ހަވީރު 5:00 ޖެހުމާ ހަމައަށް ވިޔަފާރިތަކަށް ހުޅުވާލައިގެން އެކްސްޕޯއެއް ދަނީ ކުރިއަށް ގެންދަމުންނެވެ. އެ އެކްސްޕޯގައި ވިޔަފާރިތަކަށް ދަނީ މައުލޫމާތު ދެމުންނެވެ.