Advertisement

ހުލާސާކޮށް އިއްޔެ: ފަނޑިޔާރުންގެ ބަޔާން އެމްއެމްސީން ދޮގުކުރުން

about 19 hours 0

މީޑިއާ ކައުންސިލްގެ ރައީސް އަހުމަދު މުސްތަފާ


ހުލާސާކޮށް އިއްޔެ: ފަނޑިޔާރުންގެ ބަޔާން އެމްއެމްސީން ދޮގުކުރުން

about 19 hours 0

މިމަހުގެ 28، ގައި މޯލްޑިވްސް މީޑިއާ ކައުންސިލުން ދިން ނޫސްވެރިކަމުގެ އިނާމުގެ އިންސާފުވެރިކަމާ ގުޅުވައި އެވޯޑުގެ ފަނޑިޔާރުންގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅުން ނެރުއްވި ބަޔާނުގައި ކޮށްފައި ހުރި ތުހުމަތުތައް އެ ކައުންސިލުން ދޮގުކުރުމަށް ފަހު، ފަނޑިޔާރުންނަށް ވަރުގަދަ ރައްދެއް ދިނެވެ.

މީޑިއާ ކައުންސިލުން މިރޭ ނެރުނު ބަޔާނުގައި ބުނީ އެފަދަ ބަޔާނެއް ނެރެން ޖެހުނީ ކަން ހިނގާފައިވާ ގޮތުގެ ހަގީގަތް އޮޅޭ ގޮތަށް ވާހަކަތަކެއް ހިމަނައި ނޫސްވެރިކަމުގެ އެވޯޑު އިންސާފުވެރި ކޮށްދިން ފަނޑިޔާރުން "ސޮއި ކުރި ކަމަށް ބުނާ" ލިޔުމެއް ނެރެފައި ވާތީ ކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަ ކޮށްދިނުމަށް ކަމަށެވެ.

ޖުމުލަ 11 ނުކުތާއެއް ފާހަގަކޮށް ނެރެފައިވާ އެ ބަޔާނުގައި މީޑިއާ ކައުންސިލުން ވަނީ ނޫސްވެރިކަމުގެ އެއްވެސް ދާއިރާއަކުން އެވޯޑު ދިނުމުގައި އިނާމު ދިނުމުގެ އުސޫލާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

ސެޕްޓެމްބަރު 28، 2023 ގެ ބަޔާނަކީ ވަކި ނޫހަކަށް އަމާޒު ކުރި އެއްޗެއް ނޫން!

މީޑިއާ ކައުންސިލުން މިރޭ ނެރުނު ބަޔާނުގައި ބުނީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށް އެންމެ ދުވަހަކަށްވެފައި އޮއްވައި އެ ކައުންސިލުން ނެރުނު ނޫސްބަޔާނަކީ ވަކި މީޑިއާއަކަށް ނުވަތަ ވަކި ކޮންޓެންޓަކަށް އަމާޒުކޮށް ނެރުނު ބަޔާނެއް ނޫން ކަމަށެވެ.

ފަނޑިޔާރުން ނެރުނު ކަމަށް ބުނާ ލިޔުމުގައި އެ ބަޔާނަކީ "އަދަދު" ނޫހުން މިދިޔަ އަހަރު ގެނެސްދިން "ސްކީލާން" ޑޮކިއުމެންޓަރީ އާ ގުޅުވައި ނެރުނު ބަޔާނެއް ކަމަށް ބުނެ ހަދާފައި ވަނީ ދޮގެއް ކަމަށް މީޑިއާ ކައުންސިލުގެ ބަޔާނުގައި ބުންޏެވެ.

"އެ ބަޔާން ނެރެން ޖެހުނީ ރިޔާސީ އިންތިހާބުގެ ތެރޭގައި ކެންޑިޑޭޓުންނަށް އަމާޒު ކޮށްގެން ބައެއް މީޑިއާތަުން ނޫސްވެރިކަމުގެ މިންގަނޑުތަކާ ހިލާފު ކޮންޓެންޓު ޝާއިއު ކުރާ ކަމަށް ތުހުމަތުކޮށް ލިބެމުންދިޔަ ޝަކުވާތަކާ ގުޅިގެން، އެއީ ވަކި ނޫހަކުން އާންމުކުރި ވަކި ކޮންޓެންޓަކަށް އަމާޒު ކޮށްގެން ނެރުނު ބަޔާނެއް ނޫން، އެއީ މައުލޫމާތު ފެތުރުމުގައި ޖުމުލަކޮށް މީޑިއާތަކުން ސަމާލުވުމަށް އިރުޝާދު ދީ ނެރުނު ބަޔާނެއް،" މީޑިއާ ކައުންސިލުގެ ބަޔާނުގައި ބުނެފައިވެ އެވެ.

މުހިއްމު ބައެއް ހަބަރު