Advertisement

މަޑުކުރަން އެންގުމުން ފުލުސް މީހެއް ގައިގައި ސައިކަލުން ޖެއްސި މީހަކު ހައްޔަރުކޮށްފި

2 ނޮވެންބަރު 2024 - 14:06 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް މަޑުކުރަން އެންގުމުން ފުލުސް މީހާ ގައިގައި ސައިކަލުން ޖެއްސި މީހާ -- ފޮޓޯ: ފުލުހުން


މަޑުކުރަން އެންގުމުން ފުލުސް މީހެއް ގައިގައި ސައިކަލުން ޖެއްސި މީހަކު ހައްޔަރުކޮށްފި

2 ނޮވެންބަރު 2024 - 14:06 0

ހުޅުމާލެ ރީތިގަސް މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް މަޑުކުރަން އެންގުމުން، މަޑުނުކޮށް ފުލުސް މީހާގެ ގައިގައި ސައިކަލުން ޖައްސައި ޒަހަމުކޮށްލި މީހަކު ހައްޔަރު ކޮށްފި އެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައިގައި ހައްޔަރު ކުރީ އަހުމަދު ޝާހީން ޝަހީދު, 18، އެވެ. އޭނާ ދުއްވި ސައިކަލުން ޖެއްސުމުން ހާނީއްކަވި ފުލުސް މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުސް މީހާގެ ގައިގައި ސައިކަލުން އޭނާ ޖެއްސީ ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް މަޑު ކުރަން އެންގުމުން މަޑު ނުކޮށް ދިޔުމުގެ ތެރޭގައި ކަމަށް ފުލުހުން ބުންޏެވެ.

ޝާހީން އަތުގައި ސައިކަލު ދުއްވުމުގެ ލައިސެންސް ނެތް ކަމަށް ފުލުހުން ބުންޏެވެ. އަދި ފުލުހުންގެ ވާޖިބު އަދާ ކުރުމަށް އޭނާ ހުރަސް އެޅި ކަމަށް ވެސް ފުލުހުންގެ މެސެޖުގައި ބުނެފައިވެ އެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.