about 2 hours 0
ލީވާން އަލީ ނާސިރު
ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު: ސިޔާސީ މުވައްޒަފުންގެ ޕާފޯމަންސް ބަލާނެ ނިޒާމެއް ގާއިމު ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް
about 2 hours 0
ސިޔާސީ މުވައްޒަފުންގެ ޕާފޯމަންސް ބަލާނެ ނިޒާމެއް ގާއިމު ކުރަން ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
"އެކްސް" ގައި ހީނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޔާސީ މުވައްޒަފުންގެ ޕާފޯމަންސް ބެލޭނެ ނިޒާމެއް ގާއިމު ކުރަނީ އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލައި، ކުރުންތެރިކަން އިތުރު ކުރުމަށް ކަމަށާއި އެ ނިޒާމަށް ވަރަށް އަވަހަށް އަމަލު ކުރަން ފަށާނެ ކަމަށެވެ.
ސިޔާސީ މުވައްޒަފުންގެ އަދަދު ނޮވެމްބަރު 1، ގެ ނިޔަލަަށް 228 އަށް މަދު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އެއާއެކު މިއަދު ހީނާ ވިދާޅުވީ މިދިޔަ 15 ދުވަސް ތެރޭގައި ޖުމްލަ 248 ސިޔާސީ މުވައްޒަފުން ވަކި ކުރައްވާފައިވާ ކަމަށެވެ.
ނަމަވެސް ވަކިކުރި ސިޔާސީ މުވައްޒަފުންގެ ތަފްސީލެއް ހީނާ ހާމައެއް ނުކުރައްވަަ އެވެ. ކުރިން ހީނާ ވިދާޅުވީ ވަކިކުރާ ސިޔާސީ މުވައްޒަފުންގެ ތަފްސީލާ އެކު ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދު ވެސް ހާމަކުރައްވާނެ ކަމަށެވެ.
އެކި މަސްދަރުތަކުން އެނގިފައިވާ ގޮތުގައި ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު 2،000 އާ ގަތް ކުރެ އެވެ. ނަމަވެސް ސަރުކާރުން ސީދާ އަދަދު ހާމަ ނުކުރާތީ ޖުމްލަ ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ސާފެއް ނުވެ އެވެ.
ސިޔާސީ މުވައްޒަފުންގެ އަދަދު މަދު ކުރައްވާނެ ކަމަށް ރައީސް ހާމަ ކުރެއްވި ފަހުން ވެސް އެކި މިނިސްޓްރީތަކަށް ސިޔާސީ މުވައްޒަފުން ވަނީ ނަގައިފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންއިރު ވިދާޅުވީ ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ އިތުރު ނުވާނެ ކަމަށެވެ. އެ އަދަދަށްވުރެ ގިނައިން ސިޔާސީ މުވައްޒަފުން ސަރުކާރަށް ނެގުމުން ގިނަ ބަޔަކު އަންނަނީ ފާޑު ކިިޔަމުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment