Advertisement

ބަޖެޓު 2025: ގެދޮރުވެރިކަމުގެ ލޯނަށް ހަތަރު ބިލިއަނާއި ދެ ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް

31 އޮކްޓޯބަރު 2024 - 16:53 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ގދ. ތިނަދޫގައި ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއުއެއްގެ ތެރެއިން: ގެދޮރުވެރިކަމުގެ ލޯނުތައް ދޫކުރަނީ 5 ޕަސެންޓު އިންޓްރެސްޓުގައި -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު


ބަޖެޓު 2025: ގެދޮރުވެރިކަމުގެ ލޯނަށް ހަތަރު ބިލިއަނާއި ދެ ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް

31 އޮކްޓޯބަރު 2024 - 16:53 0

ސަރުކާރުގެ ސިޔާސަތުގެ ދަށުން ގެދޮރު އިމާރާތް ކުރުމަށް ފަސް ޕަސެންޓު އިންޓްރެސްޓުގައި ދޫކުރަން ނިންމާފައިވާ ލޯނުގެ ގޮތުގައި ދެ ބިލިއަނާއި ހަތަރު ބިލިއަނާ ދެމެދުގެ އަދަދެއް ދޫކުރަން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް މިއަދު ހުށަހެޅި ބަޖެޓުގައި ހިމަނައިފި އެވެ.

ފިނޭންސް މިނިސްޓަރީން މިއަދު މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ގެދޮރުވެރިކަމަށް ދޫކުރާ ލޯނުގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި ސީދާ ސަރުކާރުން ހަރަދުކޮށްގެން 1.5 ބިލިއަން ރުފިޔާ ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުމަށް ވެސް ހިމަނާފައި ވެ އެވެ.

ގެދޮރުވެރިކަމަށް ދޫކުރާ ލޯނަށް ދެ ބިލިއަނާއި ފަސް ބިލިއަނާ ދެމެދުގެ ބަޖެޓެއް ހިމެނި ނަމަވެސް ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް މިއަދު ވިދާޅުވީ ގެދޮރުވެރިކަމަށް ދޫކުރާ ލޯނުތަކަށް ބަޖެޓުގައި ހިމަނާނީ އެއް ބިލިއަން ރުފިޔާ ކަމަށެވެ.

ގެދޮރުވެރިކަމުގެ ލޯނުގެ ގޮތުގައި ދޫކުރާނެ ފައިސާގެ ސީދާ އަދަދެއް އަދި ހާމަ ނުކުރި ނަމަވެސް، ހިޔާވަހި ފައިނޭންސިން ސްކީމް ގެ ނަމުގައި ސްކީމެއް ތައާރަފުކޮށް ހައުސިން މިނިސްޓަރީން ވަނީ ބީއެމްއެލްއާ އެކު ފަހުމުނާމާއެއްގައި މިދިޔަ އޮކްޓޫބަރު 24، ގައި ސޮއިކޮށްފަ އެވެ. އޭގެ ކުރިން ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)އާ އެކީ ވެސް ވަނީ މި ސްކީމް ހިންގަން ފަހުމުނާމާއެއްގައި ސޮއިކޮށްފަ އެވެ.

ހިޔާވަހި ސްކީމަކީ ގެދޮރު އިމާރާތް ކުރަން ބޭނުންވާ ފަރާތްތަކަށް ފަސް ޕަސެންޓުގެ އިންޓުރެސްޓު ރޭޓުގައި 25 އަހަރުން އަނބުރާ ދެއްކޭ ގޮތަށް ލޯނު ދޫކުރާ ސްކީމެކެވެ. އެ ސްކީމުގެ ދަށުން ލޯނު ދޫކުރާނީ ކޮންމެ މީހަކު ވެސް ފުރަތަމަ އިމާރާތް ކުރާ ގެއަށެވެ.

އެ ސްކީމުގެ ދަށުން ހުޅުވައިލާ ޕްރޮގުރާމުތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ނޮވެމްބަރު ފުރަތަމަ ހަފުތާ ތެރޭގައި ހުޅުވައިލާނެ ކަމަށް ހައުސިން މިނިސްޓަރީން ބުންޏެވެ.