about 17 hours 0
ލީވާން އަލީ ނާސިރު
އުރީދޫ ފަން ރަންގެ ކުރީގެ އިވެންޓެއްގެ ތެރެއިން -- ފޮޓޯ: އުރީދޫ
about 17 hours 0
އުރީދޫ މޯލްޑިވްސްއިން ފަން ރަން އަންނަ ޑިސެމްބަރު، 20 ގައި ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާކަން އިއުލާނުކޮށް، ރެޖިސްޓްރޭޝަނަށް ހުޅުވާލައިފި އެވެ.
އުރީދޫ ފަން ރަން އަކީ ކޮންމެ އަހަރަކު އުރީދޫއިން ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. އެ ދުވުމުގައި ރަޖިސްޓާވާން ފުރުސަތު ހުޅުވާލީ ނޮވެމްބަރު 16، ގެ ނިޔަލަށް އުރީދޫގެ ޕޯޓަލް މެދުވެރިކޮށެވެ.
މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ އެ ހަރަކާތްތަކުގައި 5،000 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވި އެވެ.
ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ ކަހަލަ، މަޖާ ދުވުމެކެވެ.
އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.
އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރު އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަޔާއި ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށް ގެންދެ އެވެ. އެއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުން ވެސް އެ ދުވުން ނިންމިދާނެ އެވެ.
އުރީދޫ ފަން ރަންގެ ކިޓްތައް ލިބެން ހުންނަ ދެ ކެޓަގަރީ އަކީ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް ކެޓަގަރީ އެވެ. ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭއިރު އަގަކީ 100ރ. އެވެ. އަދި 210ރ. ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި، ފޮތި ދަބަސް، އައިނު އަދި ބަންޑާނާ ހިމެނެ އެވެ.
Comment