about 19 hours 0
ލީވާން އަލީ ނާސިރު
ކަސްޓަމުން ފައިސާތަކެއް އަތުލައިގަތުން: ސައްހަ ނޫން 500ރ. ދައުރުވާތީ ސަމާލުވާން ފުލުހުން ވަނީ އެދިފައި -- ފޮޓޯ: ކަސްޓަމްސް
about 19 hours 0
ފަހަކަށް އައިސް ސައްހަ ނޫން 500ރ. ދައުރުވާތީ އެކަމަށް އާންމުންނާއި ވިޔަފާރިތަކުން ސަމާލުވާން ފުލުހުން އެދިއްޖެ އެވެ.
ފުލުހުން ބުނީ ސައްހަ ނޫން 500ރ. ދައުރުވާތީ ވިޔަފާރީގެ މުއާމަލާތްތަކާއި ފައިސާގެ މުއާމަލާތްތައް ކުރުމުގައި ދިވެހި ރުފިޔާގެ ތަފާތު ނޫޓުތަކުގައި ހުންނަ ސެކިއުރިޓީ ފީޗާސްތައް ހުރިތޯ ބެލުމަށް އެދޭ ކަމަށެވެ.
"ފައިސާ ޕްރިންޓު ކޮށްފައިވާ ކަރުދާހުގެ ކޮލިޓީ ބެލުންފަދަ ކަންކަމަށް ސަމާލުވުމަށް ދަންނަވަން،" ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ ސައްހަ ނޫން ފައިސާ ދައުރު ކުރަމުންދާކަން ފާހަގަ ކުރެވިއްޖެނަމަ، އެކަމެއް ލަސް ނުކޮށް އެ ހިދުމަތަށް އެންގުމަށް އެދިފަ އެވެ.
ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން އޮކްޓޯބަރު 29، ގައި ހިންގި އޮޕަރޭޝަނެއްގައި ފުލުހުން ވަނީ ދެ މީހުން ހައްޔަރުކޮށް، 500ރ. ގެ ސައްހަ ނޫން 24 ނޫޓު އަތުލައިގަނެފަ އެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު އެ ދެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 30 ދުވަސް ވަނީ ޖަހާފަ އެވެ.
ސައްހަ ނޫން 500ރ. ނޫޓެއް ކެފޭއަކުން މާރު ކުރި މައްސަލައަކާ ގުޅިގެން މި މަހު ކުރީކޮޅު ވެސް މީހަކު ހައްޔަރުކުރި އެވެ.
ފަހަކަށް އައިސް ސްކޭމް ކޮށްގެން އެކި ގޮތްގޮތުން މީހުން އަތުން ފައިސާ ހޯދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފޭކް ޓްރާންސްފާ ސްލިޕް ފޮނުވައިގެން ވެސް ސްކޭމް ކުރުން ވަނީ އިތުރުވެފަ އެވެ.
Comment