31 އޮކްޓޯބަރު 2024 - 08:23 0
އަހުމަދު އާއިދު
ހެލްތު މިނިސްޓަރު ނާޒިމް: ސްޕެޝަލިސްޓު ފަސް ހޮސްޕިޓަލެއް އަޅަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި --- ފޮޓޯ: ރައީސް އޮފީސް
31 އޮކްޓޯބަރު 2024 - 08:23 0
އަންނަ އަހަރަށް ދައުލަތުން ހުށަހަޅާ ބަޖެޓުގައި ފަސް ސްޕެޝަލިސްޓު ހޮސްޕިޓަލެއް އަޅަން ހިމަނައިފި އެވެ.
2025 އަށް ލަފާކުރާ ބަޖެޓު ހުށަހެޅުން ތާވަލުކޮށްފައިވަނީ މިއަދު މެންދުރު 1:00 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ. ބަޖެޓު ހުށަހަޅުއްވާނީ މާލީ ވަޒީރު މޫސާ ޒަމީރު އެވެ.
ޖުމްލަ 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި ހިމެނޭ ބައެއް ކަންކަމުގެ ތަފުސީލު ވަނީ މި ނޫހަށް ލިބިފަ އެވެ. އެގޮތުން ސިއްހީ ދާއިރާއަށް ރާވާފައިވާ ކަންކަމުގެ ތެރޭގައި އެންމެ ފުރަތަމަ އިސްކަމެއްގެ ގޮތުގައި އޮތީ ސްޕެޝަލިސްޓު ފަސް ހޮސްޕިޓަލެއް އެޅުމެވެ.
ތެލަސީމިއާ ހޮސްޕިޓަލް ވާނީ ސަރަހައްދީ ވަރުގަދަ ތަނަކަށް: ހަލީލް
"ރައީސްގެ ވަރަށް ވަރުގަދަ ތަސައްވުރެއް އެއީ ރާއްޖޭގައި ފުލްފުލެޖު ތެލަސީމިއާ ހޮސްޕިޓަލެއް ހުރުން އެއީ. އެތަން އެމަނިކުފާނުގެ ވިސްނުންފުޅަށް ބަލާއިރު އެތަން ވެގެންދާނީ މި ސަރަހައްދުގައި ވެސް ގާއިމުކުރެވޭ އެންމެ ވަރުގަދަ އެއް ތަނަށް،"
ތެލަސީމިއާ ހޮސްޕިޓަލް ވާނީ ސަރަހައްދީ ވަރުގަދަ ތަނަކަށް: ހަލީލް
"ރައީސްގެ ވަރަށް ވަރުގަދަ ތަސައްވުރެއް އެއީ ރާއްޖޭގައި ފުލްފުލެޖު ތެލަސީމިއާ ހޮސްޕިޓަލެއް ހުރުން އެއީ. އެތަން އެމަނިކުފާނުގެ ވިސްނުންފުޅަށް ބަލާއިރު އެތަން ވެގެންދާނީ މި ސަރަހައްދުގައި ވެސް ގާއިމުކުރެވޭ އެންމެ ވަރުގަދަ އެއް ތަނަށް،"
އެއީ ފަސް ހޮސްޕިޓަލު ހާއްސަކުރަނީ ކޮން ބޭނުމަކަށް ކަމެއް ބަޖެޓު ތަފުސީލުތައް ނުލިބޭތީ އަދި ނޭނގެ އެވެ. ނަމަވެސް، މި ސަރުކާރުން ވަނީ ކެންސަރުގެ ފަރުވާތަކަށް ހާއްސަ ހޮސްޕިޓަލެއް އަދި ތެލަސީމިއާ އަށް ހާއްސަ ހޮސްޕިޓަލެއްގެ އިތުރުން މައިންނާއި ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލެއް އަޅާނެކަން އިއުލާނުކޮށްފަ އެވެ.
ތެލަސީމިއާ ފަރުވާއަށް ހާއްސަ ހޮސްޕިޓަލެއް އެޅުމަށް ކެބިނެޓުން ފާސްކޮށް، އެކަން އިއުލާނުކުރީ ޑިސެމްބަރު 10، 2023 ގަ އެވެ. އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރު މިހާތަނަށް ސަރުކާރުން ހާމަ ނުކުރެ އެވެ.
މީގެ އިތުރުން، ކެންސަރު ހޮސްޕިޓަލު އެޅުމަށް ބޭރުން ހިލޭ އެހީ ހޯދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އދ. ގެ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ)ގައި ބައިވެރިވާން ސަރުކާރުން ނިންމާ އެކަން ވަނީ މަޖިލީހުން ވެސް ފާސްކޮށްފަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment