Advertisement

އެމްއައިބީން މާދަމާ ހަވާ އެރުވުމާ އެކު ހުޅުމާލޭގައި ބޮޑު ހަރަކާތެއް ބާއްވަނީ

މޯލްޑިވްސް އިސްލާމިކް ބޭންކުން ބޭއްވި ހަރަކާތެއްގެ ތެރެއިން -- ފޮޓޯ: އަދަދު ފައިލް


އެމްއައިބީން މާދަމާ ހަވާ އެރުވުމާ އެކު ހުޅުމާލޭގައި ބޮޑު ހަރަކާތެއް ބާއްވަނީ

މޯލްޑީވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މާދަމާ ހަވާ އެރުވުމާ އެކު ހުޅުމާލޭގައި ބޮޑު ހަރަކާތެއް ބާއްވަން ނިންމައިފި އެވެ.

އެމްއައިބީން ބުނީ ސެންޓްރަލް ޕާކްގައި ބާއްވާ އެ ހަރަކާތަކީ އެ ބޭންކްގެ އާ ޕްރޮޑަކްޓްތަކެއް އިއުލާން ކުރުމަށް ބާއްވާ ހަރަކާތެއް ކަމަށެވެ.

އެ ހަރަކާތް ފެށުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހުގެ ރޭ 8:30 ގައި ކަމަށް ވެސް އެމްއައިބީން ބުންޏެވެ.

އޭގެއިތުރުން، އެމްއައިބީން ބުނީ ހުކުރު ދުވަހު ކުޑަ ކުދިންނަށް ހާއްސަކޮށްގެން ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ހަވީރު ކުރިއަށްދާނީ 4:30 އިން 6:00 ޖެހުމާ ހަމައަށް ސެންޓްރަލް ޕާކުގަ އެވެ.

އެމްއައިބީން އަންނަނީ އެ ބޭންކުން ދެމުން އަންނަ ހިދުމަތްތައް ފުޅާކޮށް، ރައްޔިތުންނަށް ލުއި ފަސޭހަ އެތައް ގޮތެއް ބަލައި އެކަން ތަނަވަސްކޮށްދެމުންނެވެ.

އެމްއައިބީން އަންނަނީ އެ ބޭންކުން ދެމުން އަންނަ ހިދުމަތްތައް ޑިޖިޓަލައިޒް ކުރަމުންނެވެ. މިގޮތުން، މިހާރު ބޭންކަށް ނުގޮސް އެމްއައިބީގެ އެކައުންޓް ހުޅުވެ އެވެ.