Advertisement

ތިންވަނަ ކުއާޓަރުގައި އެސްޓީއޯގެ އާމްދަނީ 3.6 ބިލިއަނުގައި، ސާފު ފައިދާއަށް 156 މިލިއަން

30 އޮކްޓޯބަރު 2024 - 20:16 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ތިންވަނަ ކުއާޓަރުގައި އެސްޓީއޯގެ އާމްދަނީ 3.6 ބިލިއަނުގައި، ސާފު ފައިދާއަށް 156 މިލިއަން

30 އޮކްޓޯބަރު 2024 - 20:16 0

ސަރުކާރުގެ ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.

ތިންވަނަ ކުއާޓަރުގެ ހިސާބުތައް އެ ކުންފުނީގެ ވެބްސައިޓުގައި މިއަދު އެސްޓީއޯއިން ވަނީ އާންމުކޮށްފަ އެވެ. މި ކުއާޓަރުގައި ލިބުނު 3.6 ބިލިއަނަކީ ދެވަނަ ކުއާޓަރަށް ވުރެ ތިން ޕަސެންޓު އިތުރު އަދަދެއް ކަމަށް ހިސާބުތަކުން ދައްކަ އެވެ.

އާމްދަނީ އިތުރުވެފައިވަނީ ކުރަމުންދާ ވިޔަފާރި ރަނގަޅުވުމުގެ ސަބަބުން ކަމަށް އެސްޓީއޯއިން ބުނެ އެވެ. ޖުމުލަ ފައިދާ ވެސް ދެވަނަ ކުއާޓަރަށް ވުރެ 15 ޕަސެންޓުން އިތުރުވެ 592 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

ހަރަދުތައް އިތުރުވި ނަމަވެސް ކުންފުނީގެ ޖުމުލަ ފައިދާ އިތުރުވުމުން ހިންގުމުގެ ފައިދާގެ ގޮތުގައި ވެސް 251 މިލިއަން ރުފިޔާ ލިބުނު ކަމަށް އެސްޓީއޯއިން ބުނެ އެވެ.

އޭގެ އިތުރުން ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 198 މިލިއަން ރުފިޔާ ލިބުނުއިރު ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި ލިބުނީ 156 މިލިއަން ރުފިޔާ ކަމަށް ވެސް އެސްޓީއޯއިން ބުނެ އެވެ.