Advertisement

ކާބޯތަކެއްޗާއި މަހުގެ އަގު ބޮޑުވެ، ޖުލައި އާއި އޮގަސްޓުގައި ވެސް އިންފްލޭޝަން މައްޗަށް

27 އޮކްޓޯބަރު 2024 - 10:00 0

އަމަން ހަލީމް

އަމަން ހަލީމް

މަސް މާރުކޭޓު ސަރަހައްދުން މީހަކު މަސްތަކެއް ހިފައިގެންދަނީ: ޖުލައިގައި އެންމެ ބޮޑަށް އަގު އުފުލުނީ ކަނޑު މަހުގެ -- ފޮޓޯ: މުހައްމަދު ޝަހުޒާން/އަދަދު


ކާބޯތަކެއްޗާއި މަހުގެ އަގު ބޮޑުވެ، ޖުލައި އާއި އޮގަސްޓުގައި ވެސް އިންފްލޭޝަން މައްޗަށް

27 އޮކްޓޯބަރު 2024 - 10:00 0

ބާޒާރުގައި ކާބޯތަކެއްޗާއި މަހުގެ އަގު އުފުލުމާ ގުޅިގެން، ވިދިވިދިގެން ހަތަރު މަހު ތަކެތީގެ އަގު އުފުލިފައިވާ ކަމަށް މޯލްޑިވްސް ސްޓެޓިސްޓިކްސް ބިއުރޯ (އެމްބީއެސް) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެމްބީއެސް އިން އާންމުކޮށްފައިވާ ޖުލައި އާއި އޮގަސްޓު މަހުގެ އިންފްލޭޝަން ރިޕޯޓުން ދައްކާ ގޮތުގައި, އެ ދެ މަހުގެ ތެރޭގައި ގިނަ ދާއިރާތަކުން އަގުތައް ހުރި އެއްވަރެއްގައި ހިފެހެއްޓިފަ އެވެ. ބައެއް ދާއިރާތަކުން އަގު ދަށަށް ވެސް ދިޔަ އެވެ.

ޖުލައި މަހުގެ ތެރޭގައި އިންފްލޭޝަން މަތިވާން މެދުވެރިވީ މައިގަނޑު ސަބަބަކީ މަހާއި ތަރުކާރީގެ އަގު އުފުލުމުންނެވެ. އެ މަހު ޖުމްލަ އިންފްލޭޝަން 0.10 ޕަސެންޓު މައްޗަށް ޖެހިލިއިރު، މަހު އަގު ދެ ޕަސެންޓު އުފުލުނެވެ. މަހުގެ ބާވަތްތަކުގެ ތެރެއިން އެންމެ ބޮޑަށް އަގު އުފުލުނީ ކަނޑު މަހާއި ވަޅޯ މަހުންނެވެ.

އޮގަސްޓު މަހުގެ ތެރޭގައި އިންފްލޭޝަން މައްޗަށް ދިޔައީ މަހުގެ ބާވަތްތަކުގެ އިތުރުން މޭވާ އާއި ތަރުކާރީގެ އަގު މައްޗަށް ދިޔުމާ ގުޅިގެންނެވެ. އެ މަހުގެ ތެރޭގައި މަހުގެ ބާވަތްތައް ހިމެނޭހެން ޖުމްލަކޮށް ކާބޯތަކެތީގެ ދާއިރާއިން 1.24 ޕަސެންޓު އަގު އުފުލުނެވެ. ޖުމްލަ އިންފްލޭޝަން ހުރީ 0.19 ޕަސެންޓުގަ އެވެ.

އަހަރުން އަހަރަށް ހިސާބުކުރާއިރު، މިދިޔަ އަހަރުގެ އޮގަސްޓުން ފެށިގެން މި އަހަރުގެ އޮގަސްޓާ ހަމައަށް އިންފްލޭޝަން ހުރި 1.43 ޕަސެންޓުގަ އެވެ. މިއީ ކަމާބެހޭ އިދާރާތަކުން ކުރިން އަންދާޒާ ކުރި ވަރަށް ވުރެ ދަށް އަދަދެކެވެ. މިހެން މެދުވެރިވީ މި އަހަރުގެ ތެރޭގައި ގެންނަން ބުނި މާލީ ރިފޯމްތަކުގެ ތެރޭގައި ހިމެނޭ ޓާގެޓަޑް ސަބްސިޑީ އާއި އާސަންދަ ބަދަލުތައް އަންނަ އަހަރަށް ފަސްކުރުމާ ގުޅިގެންނެވެ.

މަރުކަޒީ ބޭންކާއި ފިނޭންސް މިިނިސްޓްރީން ކުރިން އަންދާޒާކުރީ، މި ރިފޯމްތައް ގެނައި ނަމަ މި އަހަރުގެ ތެރޭގައި އިންފްލޭޝަން ހުންނާނީ ތިން ޕަސެންޓާ ފަސް ޕަސެންޓާ ދެމެދުގައި ކަމަށެވެ.