Advertisement

ރޭންކިން މެޗުގައި ތަޖިކިސްތާން ބަލިކޮށް ރާއްޖެ އަށް ފަސް ވަނަ

24 އޮކްޓޯބަރު 2024 - 14:33 0

ރާއްޖެ އާއި ތަޖިކިސްތާން ބައްދަލުކުރި ރޭންކިންގް މެޗުގެ ތެރެއިން - ފޮޓޯ: ކާވާ


ރޭންކިން މެޗުގައި ތަޖިކިސްތާން ބަލިކޮށް ރާއްޖެ އަށް ފަސް ވަނަ

24 އޮކްޓޯބަރު 2024 - 14:33 0

އުޒްބެކިސްތާންގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި, ރޭންކިން މެޗުގައި ރާއްޖޭން ތަޖިކިސްތާން ބަލިކޮށްފި އެވެ.

އިއްޔެ ކުޅުނު ލީގު ބުރުގެ ފަހު މެޗެކޭ އެއްގޮތަށް މިއަދުގެ މެޗުގައި ވެސް ރާއްޖޭން ވަނީ 3-1 ސެޓުން ތަޖިކިސްތާންގެ މައްޗަށް ކުރިހޯދައިފަ އެވެ. އެހެންކަމުން، ހަ ގައުމު ވާދަކުރި މި ފަަހަރުގެ ކާވާ މުބާރާތުން ރާއްޖެ އަށް މި ލިބުނީ ފަސް ވަނަ އެވެ.

މިއަދު ކުޅުނު ލީގު ބުރުގެ މެޗުގައި ރާއްޖެއިން އުޒްބެކިސްތާން ބަލިކުރީ 3-1 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ, 25-17, 25-16, 23-25 އަދި 25-22 އިންނެވެ.

މި މެޗުގެ ފުރަތަމަ ދެ ސެޓުގައި ރާއްޖެ ފެނިގެންދިޔައީ ވަރުގަދަކޮށެވެ. އެގޮތުން ފުރުަތަމަ ދެ ސެޓުގައި ރާއްޖޭގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އަދި ޝަމާއިލް ހުސެއިންގެ އެޓޭކްތައް ފެނިގެންދިޔައީ ކާމިޔާބުކޮށެވެ. މީގެ އިތުރުން އާދަމް ފައިރޫޒްގެ މޮޅު ކުޅުންވެސް މި ދެ ސެޓުގައި ފެނިގެންދިޔަ އެވެ. އެއާއެކު, ރާއްޖެއިން ފުރަތަމަ ދެ ސެޓު ގެންދިޔައީ 25-17 އަދި 25-16 އިންނެވެ.

މެޗުގެ ތިން ވަނަ ސެޓުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު, މި ސެޓު ރާއްޖެއަށް ގެންލުނީ ސެޓުގެ ފަހުކޮޅު ހެދުނު އަމިއްލަ ގޯސްތަކެއްގެ ސަބަބުންނެވެ. މި ސެޓު އުޒްބެކިސްތާން އިން ގެންދިޔައީ 25-23 އިންނެވެ.

ފަހު ސެޓުގައި ވެސް ފެނިގެންދިޔައީ ވާދަވެރި ކުޅުމެކެވެ. އެކަމަކު ވިސްނުންތެރިކަމާއެކު, ރާއްޖެއިން ވަނީ މި ސެޓުގެ ފަހުކޮޅު ތަފާތު ދައްކާ 25-22 އިން ސެޓު ކާމިޔާބުކޮށްފަ އެވެެ.

ހަ ޓީމު ވާދަކުރާ މި މުބާރާތުގައި ރާއްޖޭން ފުރަތަމަ ކުޅުނު ހަތަރު މެޗުން ވެސް ވަނީ ބަލިވެފަ އެވެ. ތުރުކުމެނިސްތާން އަތުން ރާއްޖެ 3-2 ސެޓުން ބަލިވިއިރު، ދެން ކުޅުނު ތިން މެޗުގައި، ކިރްގިސްތާން، އަފްގާނިސްތާން އަދި އުޒްބެކިސްތާން އަތުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. ލީގު ބުރުގެ ފަހު މެޗުން، ތަޖިކިސްތާން އަތުން ރާއްޖެ މޮޅުވީ 3-1 ސެޓުންނެެވެ. އެ މެޗުގެ ސެޓުތައް ދިޔައީ، 25-20، 20-25، 25-23 އަދި 25-22 އިންނެވެ.