Advertisement

ސިޔާސީ މުވައްޒަފުންގެ އަދަދު މަދު ކުރާނެ ކަމަށް ބުނެފައި، ސްޕޯޓްސް މިނިސްޓްރީއަށް ސިޔާސީ މުވައްޒަފެއް ނަގައިފި

24 އޮކްޓޯބަރު 2024 - 14:18 1

ލީވާން އަލީ ނާސިރު

ލ

Advertisement

ސްޕޯޓްސް މިނިސްޓްރީއަށް އައްޔަނު ކުރި ސިޔާސީ މުވައްޒަފު -- ފޮޓޯ: ފޭސްބުކް


ސިޔާސީ މުވައްޒަފުންގެ އަދަދު މަދު ކުރާނެ ކަމަށް ބުނެފައި، ސްޕޯޓްސް މިނިސްޓްރީއަށް ސިޔާސީ މުވައްޒަފެއް ނަގައިފި

24 އޮކްޓޯބަރު 2024 - 14:18 1

Advertisement

Advertisement

ސިޔާސީ މުވައްޒަފުންގެ އަދަދު މަދު ކުރާނެ ކަމަށް ވިދާޅުވުމަށްފަހު، މުވައްޒަފެއް ރައީސް ޑރ. މުހައްމަދު މުއިއްޒު, ސްޕޯޓްސް މިނިސްޓްރީއަށް ސިޔާސީ އައްޔަނު ކުރައްވައިފި އެވެ.

ރައީސް މުއިއްޒުއަށް ގާނޫނު އަސާސީގެ 115 މާއްދާއިން ލިބިދޭ ބާރުގެ ދަށުން އަންގާރަ ދުވަހު ސްޕޯޓްސް މިނިސްޓްރީއަށް އައްޔަނު ކުރެއްވީ ޔޫތު އެސޯސިއޭޓްގެ މަގާމަށް ޝަހީބު އަހުމަދު އެވެ.

Advertisement

ރައީސް މުއިއްޒުގެ ސަރުކާރުން އައްޔަނުކުރި ސިޔާސީ މުވައްޒަފުންގެ ތެރެއިން 228 މުވައްޒަފުން ވަކި ކުރައްވާނެކަން އިއުލާން ކުރެއްވީ އޮކްޓޯބަރު 15، ގަ އެވެ.

އެ ބަދަލާ އެކު މަހަކު 5.7 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އޭގެ ތެރޭގައި ހިމެނެނީ ހަތް ސްޓޭޓް މިނިސްޓަރުން, 43 ޑެޕިއުޓީ މިނިސްޓަރުން, 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން, އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުންނެވެ.

Advertisement

ނޮވެމްބަރު 17, 2023 ގައި ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މިނިސްޓްރީތަކަށް ނުތަކާ ވަރަށް މުވައްޒަފުން ވަނީ އައްޔަނުކޮށްފަ އެވެ. މިއަދާ ހަމައަށް އައިއިރު ވެސް މި ސަރުކާރުގައި ތިބި ޖުމުލަ ސިޔާސީ މުވައްޒަފުންގެ އަދަދެއް ނޭނގެ އެވެ.

މި ސަރުކާރު ވެރިކަމަށް އައީ 700 އަށްވުރެ ސިޔާސީ މުވައްޒަފުންގެ އަދަދު ގިނަ ނުކުރާނެ ކަމުގެ ވައުދާއެކު އެވެ. ނަމަވެސް, އެ އަދަދު 2,000 އާ ގާތްކުރާނެ ކަމަށް އެކި މަސްދަރުތަކުން ހޯދި މައުލޫމާތުތަކުން ވަނީ އެނގިފަ އެވެ.

Advertisement

25.00%

0.00%

50.00%

25.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

މަސްތު

5 months ago

މިއަށް ވުރެ ކްލީން ކިޔަވައިގެން ހުރި ޒުވާނެއް ދާންދޫ އިން ތި މަގާމަށް ނުފެނުނު؟