Advertisement

ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅަން މަޖިލީހުގެ ޖަލްސާއެއް މިއަދު ބާއްވަނީ

24 އޮކްޓޯބަރު 2024 - 10:19 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: ސަޕްލިމެންޓަރީ ބަޖެޓް ހުށަހަޅަން މަޖިލީހުގެ ޖަލްސާއެއް މިއަދު ބާއްވަން ވަނީ ނިންމާފައި -- ފޮޓޯ: އަދަދު


ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅަން މަޖިލީހުގެ ޖަލްސާއެއް މިއަދު ބާއްވަނީ

24 އޮކްޓޯބަރު 2024 - 10:19 0

މި އަހަރަށް ލަފާ ކުރާ ދައުލަތުގެ ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ބާއްވަން ތާވަލު ކޮށްފި އެވެ.

މަޖިލީހުން އާންމުކޮށްފައިވާ ތާވަލުގައިވާ ގޮތުން ޖަލްސާ ފެށުމަށް ހަމަޖެހިފައި ވަނީ 11:00 ޖަހާއިރެވެ.

ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅުމަށްފަހު، އެ ބަޖެޓުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ވެސް ވަނީ ތާވަލު ކޮށްފަ އެވެ.

އޭގެ އިތުރުން، ދުވަހުގެ މަސައްކަތްތަކުގެ ތެރެއިން ވޯޓުން ނިންމާ ހިސާބަށް ގޮސްފައި ކަންކަމަށް ވޯޓަށް އެހުމަށް ވެސް ވަނީ ތާވަލު ކޮށްފަ އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި މި އަހަރަށް ލަފާ ކުރާ ސަޕްލިމެންޓަރީ ބަޖެޓަށް ހުށަހެޅުމަށް ތައްޔާރު ވަމުންދަނީ 5.11 ބިލިއަން ރުފިޔާ އެވެ.

ސަޕްލިމެންޓަރީ ބަޖެޓް ހުށަހަޅާއިރު އެ ބަޖެޓުން ހަރަދު ކުރަން ނިންމާފައިވާ ދާއިރާތައް އިއުލާން ކުރާނެ އެވެ.

މި އަހަރަށް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅުއްވާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ކުރިން ވަނީ ވިދާޅުވެފަ އެވެ. އެ ބަޖެޓް ފަސް ބިލިއަންގެ ރޭންޖުގައި ހިފަހައްޓަން މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ކުރިން ވިދާޅުވި އެވެ.

މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓަކީ 49.8 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓެކެވެ. ފަސް ބިލިއަން ރުފިޔާއިން މި ބަޖެޓު ސަޕްލިމެންޓުކޮށްފި ނަމަ، މި އަހަރުގެ ޖުމްލަ ބަޖެޓު 55 ބިލިއަނާ ގާތްކުރާނެ އެވެ.