Advertisement

އަށް އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް، ބިދޭސީއަކު ހައްޔަރުކޮށްފި

24 އޮކްޓޯބަރު 2024 - 11:21 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އަށް އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް، ބިދޭސީއަކު ހައްޔަރުކޮށްފި

24 އޮކްޓޯބަރު 2024 - 11:21 0

ދެކުނުގެ ރަށެއްގައި އަށް އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ބިދޭސީއަކު އިއްޔެ ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލަ އެ އިދާރާއަށް ހުށަހެޅީ މިދިޔަ ހޯމަ ދުވަހު ކަމަށާއި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ 26 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި އަދި ޖިންސީ ގޯނާގެ މައްސަލަތަކުގައި އަމަލުކުރާ އާންމު އުސޫލުގެ ދަށުން އަނިޔާގެ ޝިކާރައަކަށްވި ކުދިންގެ ތަފުސީލެއް ފުލުހުން ނުދެ އެވެ.

މިގޮތުން އޮންނަ އުސޫލުގެ ދަށުން ކުއްޖާގެ އައިޑެންޓިޓީ ހާމަވެދާނެތީ އެ ހާދިސާ ހިނގާ ރަށް ވެސް ފުލުހުން ހާމައެއް ނުކުރެ އެވެ.

ޖިންސީ ގޯނާގެ މައްސަލަތައް ސީރިއަސް މައްސަލަތަކެއް ގޮތުގައި ފުލުހުން އަބަދު ވެސް ބަލައި ތަހުގީގު ކުރެ އެވެ. އަދި މައްސަލަ ތަކުގައި މީހުންނަށް ދައުވާކޮށް ބޮޑެތި ޖަލު ހުކުމްތައް ކޮށްފައިވެ އެވެ.