Advertisement

ގައުމީ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ޕޮލިސް އަށް

24 އޮކްޓޯބަރު 2024 - 08:36 0


ގައުމީ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ޕޮލިސް އަށް

24 އޮކްޓޯބަރު 2024 - 08:36 0

މިހާރު ކުރިއަށްދާ ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ތިން ވަނަ ސެމީ ފައިނަލުގައި، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ބަލިކޮށް ޕޮލިސް ކްލަބުން ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

ޕޮލިސް ވަނީ އެންމެ ފަހުން ދެ ފަަހަރުގެ ޗެމްޕިއަން، ކްލަބް ވެމްކޯ އަތުން ފުރަތަމަ ސެމީ ފައިނަލްގައި ބަލިވެފަ އެވެ. ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން، ފުރަތަމަ ސެމީ ފައިނަލުގައި ވަނީ ހިންމަފުށީ ވިކްޓޯރިއަސް ކްލަބް ބަލިކޮށްފަ އެވެ.

ރޭ ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ކުޅުނު ތިން ވަނަ ސެމީ ފައިނަލް މެޗުން ޕޮލިސް މޮޅުވީ، ސީދާ ތިން ސެޓުންނެވެ. ޕޮލިސް ޓީމުގެ ކެޕްޓަން، ހައްވާ ރާޝިދާ (ހައްވަ)ގެ މޮޅު ކުޅުމެއް ފެނިގެންދިޔައިރު، 25-20، 25-16 އަދި 25-20 އިންނެވެ.

ވެމްކޯ އާއި ޕޮލިސް ކުޅޭ ފައިނަލް މެޗު ފަށާނީ މިރޭ 20:30 ގަ އެވެ.

ވެމްކޯ އިން 2019 ވަނަ އަހަރުގެ ގައުމީ ފައިނަލުގައި ބަލިވި ނަމަވެސް އެންމެ ފަހުން ދެ ގައުމީ ތަށި މި ވަނީ އުފުލައިލައިފަ އެވެ. މިދިޔަ އަހަރުގެ ފައިނަލް މެޗު ވެމްކޯއިން ކާމިޔާބު ކުރީ 3-1 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ, 25-21, 25-21, 19-25 އަދި 25-23 އިންނެވެ.

އެންމެ ފުރަތަަމަ ވެމްކޯ އިން ތަށި އުފުލާލި ފަހަރު، އެ ޓީމުން މޮޅުވީ ފައިނަލުގައި ކްލަބް ވޮލީބޯލް އަތުން 3-1 ސެޓުންނެވެ.