10 އޭޕްރީލް 2025 - 06:33 1
އަތޫފް އާތިފް
ވެމްކޯ އާއި އަސްދިގަ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
10 އޭޕްރީލް 2025 - 06:33 1
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ވީއޭއެމް ކަޕްގެ ފުރަތަމަ މެޗުތައް ކާމިޔާބުކޮށް ކްލަބް ވެމްކޯ އާއި ޕޮލިސް ކްލަބުން ފެށުން ރަނގަޅުކޮށްފި އެވެ.
މި މުބާރާތުގެ ކުޅުން އިއްޔެ ފެށިއިރު، ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ވެމްކޯ އިން ނުކުތީ އަސްދިގަ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
މި މެޗު ވެމްކޯ އިން ގެންދިޔައީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ، 25-05، 25-14 އަދި 25-07 އިންނެވެ.
މުޅި މެޗުގައި ވެސް ވަރުގަދަކޮށް ފެނިގެންދިޔަ ވެމްކޯގެ ކައިރީ އަސްދިގަ އަށް ލީޑުކޮށްގެން ކުޅެން ލިބުނީ ދެވަނަ ސެޓުގައި އެކަނި އެވެ. ދެވަނަ ސެޓު ފަށައިގެން އަސްދިގަ އިން ވަނީ ހަ ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ. އެކަމަކު ސެޓުގެ މެދުތެރެއިން ވެމްކޯ އިން ވަނީ އެ ޓީމުގައި ތިބި ތަޖުރިބާކާރު ކުޅުންތެރިންގެ ބޭނުން ހިފައި ސެޓު އެ ޓީމު ކޮޅަށް އަނބުރާލައިފަ އެވެ.
ޕޮލިހާއި ޖީޖީ ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
އިއްޔެ ކުޅުނު ދެވަނަ މެޗުގައި ޕޮލިސް ކްލަބް ނުކުތީ ނައިފަރަށް ނިސްބަތްވާ ޖީޖީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މި މެޗު ޕޮލިހުން ކާމިޔާބުކުރީ ވެސް ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ، 25-17، 25-15 އަދި 25-13 އިންނެވެ.
މި މެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅު ޖީޖީ އިން ވަނީ ޕޮލިހަށް ރަނގަޅު ފައިޓެއް ދީފަ އެވެ. އެކަމަކު ސެޓުގެ މެދުތެރެއިން ޕޮލިހުން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށް ފަސޭހަކަމާއެކު ސެޓު ކާމިޔާބު ކޮށްފަ އެވެ. ޖެހިގެން އައި ދެ ސެޓުގައި ވެސް ޖީޖީ ފެނިގެންދިޔައީ ޖުމްލަކޮށް ދަށްކޮށެވެ.
މި މުބާރާތުގައި މިއަދު ވެސް ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ނުކުންނާނީ ހުރާ ސީސީއާ ދެކޮޅަށެވެ. މި މެޗު ކުޅޭނީ މާދަމާ ހަވީރު 04:30 ގަ އެވެ، ދެވަނަ މެޗުގައި ފްލެކްސާ ސްޕޯޓްސް ކްލަބް ނުކުންނާނީ ސިޓީ ފްރެންޑްސްއާ ދެކޮޅަށެވެ. މި މެޗު ކުޅޭނީ މާދަމާ ރޭ 08:30 ގަ އެވެ.
އެސޯސިއޭޝަން ކަޕުގެ މި ފަހަރުގެ މުބާރާތުގައި އަށް ޓީމު ވާދަކުރެ އެވެ. އޭގެ ތެރެއިން ޖީޖީ، ސިޓީ ފްރެންޑްސް، ހުރާ އަދި ފްލެކްސާ އަކީ މުޅިން އަލަށް މި މުބާރާތުގައި ވާދަކުރާ ޓީމުތަކެކެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ކަކުނިސިކުނޑި
14 days ago
ސަރުކާރު އޮފީސްތަކުގެ މުވައްޒަފުންގެ، ވަގުތާއި، ހަކަތައާއި، ދައުލަތުގެ ފައިސާ އިސްރާފުކުރުމަށް ހިންގޭ ބޭކާރު ހަރަކާތެއް... އަދި އާއިލާތަކަށް ދޭންޖެހޭ ވަގުތުތައް ނުދެވި އާއިލާތައް މައްސަލަޖެހުމަށް ހުޅުވާލެވޭ ފުރުޞަތުތަކެއް.. މިކަންކަން މިހާރުން މިހާރަށް ހުއްޓާލަން ސަރުކާރަށް ގޮވާލަން..
Comment