ހުޅުމާލެ ފޭސް 2 ގައި ހުންނަ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި ތިބި ބަޔަކު ކާނާ ވިހަވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ރޭ ފަރުވާ ދިނެވެ.
ހުޅުމާލެ ހޮސްޕިޓަލުގެ އިންފޮމޭޝަން އޮފިސަރު އަބްދުﷲ މައުރޫފް "އަދަދު" އަށް ވިދާޅުވީ ޑިޓެންޝަން ސެންޓަރުން 13 ބިދޭސީއެއް އެ ހޮސްޕިޓަލަށް ގެނައި ކަމަށެވެ.
އެ ހުރިހާ ބިދޭސީންނަށް ވެސް އެމަޖެންސީގައި ފަރުވާ ދެމުންދާ ކަމަށާއި މިވަގުތު އިތުރު ތަފްސީލް ދެވެން ނެތް ކަމަށް މައުރޫފް ވިދާޅުވި އެވެ.
"13 މީހަކަށް އީއާރްގައި ދަނީ ފަރުވާ ދެމުން. ގެނައީ ހުސް ބިދޭސީން. މި ވަގުތު އެއީ ސީދާ ކާނާ ވިހަވެގެން ގެނައި މީހުން ކަމަށް ބުނާކަށް ނޭގޭ،" އޭނާ ރޭ ވިދާޅުވި އެވެ.
އިމިގްރޭޝަން ޑިޓެންޝަން ސެންޓަރަށް ހުޅުމާލެ ހޮސްޕިޓަލުން ޑޮކްޓަރުންނާއި ނަރުހެންގެ ޓީމެއް ގޮސްފައިވާކަން ފާހަގަކުރައްވާ މައުރޫފް ވިދާޅުވީ އިތުރު ބަޔަކު ގެނައުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.
ފުުލުހުން ބުނީ ޑިޓެންޝަންގައި ތިބި ބަޔަކު ކާނާ ވިހަވި ކަމުގެ މައުލޫމާތު ލިބިގެން އެތަނުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެކަމަކު އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ދީފައެއް ނުވެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment