23 އޮކްޓޯބަރު 2024 - 13:37 3
ސާއިފް ޝިޔާދު
23 އޮކްޓޯބަރު 2024 - 13:37 3
އަންނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު ސިޔާސީ މުވައްޒަަފުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ހާމަކުރައްވައިފި އެވެ.
ދާދިދެންމެއަކު ކުރެއްވި ޓްވީޓެއްގައި ރައީސް ވިދާޅުވީ ބަޖެޓު ހުށަހަޅާއިރު، އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށްވެ. މި ފިޔަވަޅުތައް އަޅަން ނިންމާފައިވަނީ ދެ އަހަރުގެ މުއްދަތަކަށެވެ.
އެ ފިޔަވަޅުތައް އަޅާއިރު 12,000ރ. އިން ދަށުން މުސާރަ ލިބޭ މީހުން އިސްތިސްނާ ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން އެމަނިކުފާނުގެ މުސާރައިގެ 50 ޕަސެންޓު ވެސް ނުނަގާ ގޮތަށް ހަމަޖެއްސުމަށް ދަންނަވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ސަރުކާރުގެ ހަރަދުތައް ބޮޑުވެ ރެކޯޑު އަދަދަކަށް އާމްދަނީ ލިބުނު ނަމަވެސް ހަރަދުތައް ދެކޮޅު ނުޖެއްސޭތީ މާލީ އިދާރާތަކުގެ ކަންބޮޑުވުން އެބައޮތެވެ.
މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓުން ނުފުދޭނެ ކަމަށް ނިންމައި، ސަޕްލިމެންޓަރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވެސް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
އަޙްމަދު
5 months ago
އެޑްވާންސްކޮށް ކުރިން ނަންގަވާފަ ހުރިއްޔާ ދެން އޯކޭވާނެތާ!
މައޭރުވެސްބުނިން
5 months ago
މަޖިލިސްމެމްބަރަކަށް 82000 ނޫން 8ލައްކަދޭންވީ، ކޮއްމެ ވަޒީރަކާ މިނިވަން ކޮމިޝަންތަކުގެވެރިންނަށް 1 މިލިޔަންދޭންވީ، ރައްޔިތުން ކުރަންވީކަމަކީ މަގޫފަތް ކާން ފަރިތަކުރަންވީ
ވ
5 months ago
ސޭޑް ޑޭޒް އަހެޑް. މިސް ޔޫ އިބޫ.
Comment