Advertisement

މަރައިލާނެ ކަމަށް ބުނެ އަމިއްލަ މަންމައަށް ވަޅިން ބިރުދައްކައި ފޯނު ފޭރުނު މީހަކު ހައްޔަރުކޮށްފި

22 އޮކްޓޯބަރު 2024 - 15:56 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މަންމަ މަރާލާނެ ކަމަށް ބުނެ އިންޒާރު ދިނުމަށްފަހު ފޯނު ފޭރުނު މީހާ -- ފޮޓޯ: ފުލުހުން


މަރައިލާނެ ކަމަށް ބުނެ އަމިއްލަ މަންމައަށް ވަޅިން ބިރުދައްކައި ފޯނު ފޭރުނު މީހަކު ހައްޔަރުކޮށްފި

22 އޮކްޓޯބަރު 2024 - 15:56 0

ވަޅިން ހަމަލާދީ މަރައިލާނެ ކަމަށް ބުނެ އަމިއްލަ މަންމައަށް އިންޒާރުދިނުމަށްފަހު އަނިޔާކޮށް ފޯނު ފޭރިގަނެގެން ދިޔަ މީހަކު ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފި އެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައިގައި ހައްޔަރު ކުރީ މުހައްމަދު އިސްމާއިލް 28، ހ. އެހަޑަ ކަމަށެވެ.

ފުލުހުން ބުނީ އެ މުއައްސަސާއަށް ރިޕޯޓު ކުރީ ހިޔާގެ 13 ވަނަ ޓަވަރުން އަންހެނަކު ރޯއަޑު އިވޭ ކަމަށް ބުނެ އިއްޔެގެ އިރުއޮއްސި 6:17 ހާއިރު ކަމަށެވެ.

އެ ރިޕޯޓު ލިބުމާއެކު ފުލުހުން އެ އެޕާޓުމެންޓަށް ދިޔުމުން ވަޅިން ހަމަލާދީ މަރާލާނެ ކަމަށް ބުނެ އަނިޔާ ކުރުމަށްފަހު ފޯނު ފޭރިގަނެގެން އަމިއްލަ ދަރިފުޅު ގޮސްފައިވާ ކަމުގެ މައުލޫމާތު 57 އަހަރުގެ އަންހެނަކު ފުލުހުންނަށް ދިން ކަމަށް ފުލުހުންގެ މެސެޖުގައި ބުނެފައިވެ އެވެ.

އެ މީހާއަށް ލިބިފައި ހުރި އަނިޔާއަށް ފަރުވާ ދިނުމަށްފަހު ރޭ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.