Advertisement

ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސްގައި ޗަންޕާގެ ދެބެއިންނަށް "ފޭސް އޮފް ސައުތު އޭޝިއާ" ގެ އެވޯޑު އަރުވައިފި

20 އޮކްޓޯބަރު 2024 - 21:27 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ސާޓާގެ އެވޯޑާ ހަވާލުވެވަޑައިގަތުމަށްފަހު ޗަމްޕާގެ ދެބެއިން ފޮޓޯއަކަށް ހުއްޓިވަޑައިގެން -- ފޮޓޯ: ސާޓާ


ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސްގައި ޗަންޕާގެ ދެބެއިންނަށް "ފޭސް އޮފް ސައުތު އޭޝިއާ" ގެ އެވޯޑު އަރުވައިފި

20 އޮކްޓޯބަރު 2024 - 21:27 0

ރާއްޖޭގެ ފަތުރުވެރިކަމުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކުންފުނި، ޗަމްޕާ ބްރަދާސްގެ ޗެއާމަން، މުހައްމަދު މޫސާ (އުއްޗު) އާއި އޭނާގެ ކޮއްކޮ، ކްރައުން ކުންފުނީގެ ޗެއާމަން ހުސެއިން އަފީފުއަށް ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް (ސާޓާ) އިން "ފޭސް އޮފް ސައުތު އޭޝިއާ" ގެ ނަމުގައި ހާއްސަ އެވޯޑެއް ދީފި އެވެ.

ރާއްޖޭގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ދެ ބޭފުޅުންނަށް އެވޯޑު އެރުވީ ސާޓާގެ ނައިބު ރައީސް، ސޫރަޖް ހާން އެވެ. އެ ދެ ބޭފުޅުންނަށް ހާއްސަ އެވޯޑެއް އެރުވީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެ ދެބޭފުޅުން ކޮށްދެއްވި އަދި ކޮށްދެއްވަމުންދާ ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.

މިއަހަރުގެ ސާޓާ އެވޯޑްސްގައި ޗަމްޕާގެ ދެބެއިންގެ އިތުރުން ދެކުނު އޭޝިއާގެ ފަތުރުވެރިކަމުގައި ފާހަގަކޮށްލެވޭ، ނޭޕާލުގެ އަމްބިކާ ޝްރެސްތާ އާއި ކަރްނާ ސަކްޔާ އަށް ވެސް އެވޯޑު އެރުވި އެވެ. އޭގެއިތުރުން ބަންގުލަދޭޝްއަށް ނިސްބަތްވެވަޑައިގަންނަވާ އެމްޑީ ޝަކަވަތު ހޮސައިންއަށް ވެސް ސާޓާގެ އެވޯޑު ދިނެވެ.

ޗަންޕާގެ ދެބެެއިންގެ ތެރެއިން ހުސައިން އަފީފަކީ ރާއްޖޭގައި ފުރަތަމަ ހުޅުވި ރިސޯޓު ކަމަށް ކުރުނބާ މޯލްޑިވްސް، ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅެކެވެ. އޭގެ ފަހުން މިއަދާ ހަމައަށް ވެސް އޭނާ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ މައި އެެއް ތަނބެވެ. ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އަކީ ވެސް ގިނަ އަދަދެއްގެ ރިސޯޓް ހިންގަވާ އަދި، ފުޅާ ދާއިރާގައި ސީޕްލޭން ހިދުމަތްދޭ ޓްރާންސް މޯލްޑިވިއަން އެއާ ވޭސް ގެ ވެސް ބޮޑު ހިއްސާއެއް އޮންނަ ބޭފުޅެކެވެ.