Advertisement

ރައީސް މަނާ ކުރަން ނިންމި ވޭޕުން ނަގާ ޑިއުޓީ ބޮޑު ކުރަން ސަރުކާރުން މަޖިލީހަށް ބިލެއް ހުށަހަޅައިފި

20 އޮކްޓޯބަރު 2024 - 19:23 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ރައީސް މަނާ ކުރަން ނިންމި ވޭޕުން ނަގާ ޑިއުޓީ ބޮޑު ކުރަން ސަރުކާރުން މަޖިލީހަށް ބިލެއް ހުށަހަޅައިފި

20 އޮކްޓޯބަރު 2024 - 19:23 0

އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެ އަށް އެތެރެ ކުރުން މަނާ ކުރަން ރައީސް ނިންމަވާފައިވާ ވޭޕާއި އިލެކްޓްރިކް ސިނގިރޭޓުން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކުރަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

މަޖިލީހަށް އެ ބިލު ހުށަހަޅައިފައި ވަނީ މައްޗަންގޯޅި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް މުހައްމަދު އެވެ.

ބިލުގެ ތައާރަފުގައި ބުނެފައިވަނީ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އިލެކްޓްރިކް ސިނގިރޭޓުން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑު ކުރަނީ އެތަކެތި ރާއްޖެ އަށް އެތެރެ ކުރުން މަނާ ކުރުމާ ހަމައަށް ކަމަށެވެ.

އަދި އެ މުއްދަތުގައި ދިވެހި ރާއްޖެ އަށް އެތެރެކުރާ ތަކެތިން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑު ކުރުމުގެ ބޭނުމަކީ އެ ފަދަ ތަކެތި ބޭނުންކުރާ މީހުންގެ އުޅުމަށް ބަދަލު ގެނައުން ކަމަށް ބިލުގައި ލިޔެފައިވެ އެވެ.

އެ ބިލުގައި ހިމަނައިފައި ވަނީ އިލެކްޓްރޯނިކް ސިނގިރޭޓަށް ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ އެ ނޫން ވެސް އާލާތްތަކަށް އަޅާ ފްލޭވާ އާއި ކެމިކަލުން ނަގާ ޑިއުޓީ 50 ޕަސެންޓަށް އަދި މިލިލީޓަރަކަށް 8ރ. ބޮޑު ކުރާށެވެ.

އަދި ހީޓެޑް ޓޮބެކޯ ޕްރޮޑަކްޓްސް ނުވަތަ ރޯ ކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތައް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުން ނަގާ އިމްޕޯޓު ޑިއުޓީ 50 ޕަސެންޓު އަދި ސްޓިކަކުން 8ރ. އަށް ބޮޑު ކުރުމަށެވެ.

އޭގެ އިތުރުން، ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީ ވެސް ރައީސްގެ ނިންމެވުމާ އެއްގޮތަށް ސިނގިރޭޓަކުން އަދި ބިޑިއަކުން 8ރ. އަށް ބޮޑު ކުރަން އެ ބިލުގައި ހިމަނައިފައިވެ އެވެ.

މި ބަދަލުގެ ސަބަބުން މި އަހަރު އެކަނިވެސް ދައުލަތަށް އާމްދަނީގެ ގޮތުގައި 180.3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު، މި އަންނަ އަހަރު ދައުލަތަށް ހަމައެކަނި ސިނގިރޭޓުގެ އިމްޕޯޓު ޑިއުޓީން ވެސް އާމްދަނީގެ ގޮތުގައި 1،058.7 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކޮށްފައިވެ އެވެ.