Advertisement

މުއްޔާއި ނާލާފުށި ގުޅާލަނީ ތިން ބްރިޖު ހިމެނޭ ކޯޒްވޭއެކުން، ނިންމަން ދެ އަހަރެއްހާ ދުވަސް

19 އޮކްޓޯބަރު 2024 - 14:35 1

އަމަން ހަލީމް

އަމަން ހަލީމް

މުލި މަތިން ނަގާފައިވާ މަންޒަރެއް: އެއާޕޯޓާ ދިމާލުން އެ ފެންނަނީ ކޯޒްވޭއިން ގުޅާލާ ނާލާފުށި - ފޮޓޯ: މިރާން ނާޝިމް/އަދަދު


މުއްޔާއި ނާލާފުށި ގުޅާލަނީ ތިން ބްރިޖު ހިމެނޭ ކޯޒްވޭއެކުން، ނިންމަން ދެ އަހަރެއްހާ ދުވަސް

19 އޮކްޓޯބަރު 2024 - 14:35 1

މ. އަތޮޅުގެ ވެރިކަން ކުރާ ރަށް އަދި ޑޮމެސްޓިކް އެއާޕޯޓު އޮންނަ މުއްޔާއި އެ ރަށާ ޖެހިގެން އޮންނަ ނާލާފުށި ގުޅާލުމަށް ތަރައްގީކުރަން ނިންމާފައިވާ މުލި-ނާލާފުށި ކޯޒްވޭގެ އެންވަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ނިންމައި، މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.

މުލި-ނާލާފުށި ކޯޒްވޭގެ އީއައިއޭ ރިޕޯޓުގައިވާ ގޮތުން އެ ކޯޒްވޭ ފަރުމާކޮށްފައި ވަނީ ކޯޒްވޭ އާއި ބްރިޖުތައް ހިމަނައިގެންނެވެ. ދިގުމިނުގައި 635 މީޓަރު ހުންނަ މި ކޯޒްވޭގައި ބިން ހިއްކައިގެން މަގު އަޅާ 353 މީޓަރުގެ ކޯޒްވޭ އާއި 100 މީޓަރުގެ ތިން ބްރިޖެވެ.

އަމަލީ މަސައްކަތް ފަށާތާ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ދެ އަހަރުގެ ތެރޭގައި ކޮންސްޓްރަކްޝަން މަސައްކަތް ނިމޭނެ ކަމަށް މަސައްކަތު ތާވަލުގައި ބަޔާންކޮށްފައިވެ އެވެ. މި ކޯޒްވޭ އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ 125.5 މިލިއަން ރުފިޔާއަށެވެ.

މުލި-ނާލާފުށި ކޯޒްވޭގެ ޓެކްނިކަލް ޑްރޮވިން: މީމު އަތޮޅުގެ އެއާޕޯޓު އޮންނަނީ މުލީގައި -- ކުރެހުން: އެމްޓީސީސީ


މި މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި އޭރުގެ ހައުސިން އަދި އިންފްރާސްޓްރަކްޗާ މިނިސްޓްރީ (މިހާރު ކޮންސްޓްރަކްޝަން މިނިސްޓްރީ) އާ އެކީ ސޮއިކުރީ މިދިޔަ އަހަރުގެ އޮގަސްޓު 30، ގަ އެވެ. އަދި މިއީ ދައުލަތުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ.

މުއްޔާއި ނާލާފުށި ގުޅާލާ ކޯޒްވޭއަކީ ކުރީގެ އެމްޑީޕީ ސަރުކާރުގެ ރިޔާސީ މެނިފެސްޓޯގައި ހިންގަން ބުނި މަޝްރޫއެކެވެ. އެކަމަކު އެކި ސަބަބުތަކާ ހުރެ އެ މަސައްކަތް ނުކުރެވި ދިގުލައިގެން ގޮސްފައިވާއިރު، މިދިޔަ އަހަރުގެ ބަޖެޓުގައި އެ މަސައްކަތް ފަށަން ބަޖެޓު ކުރި ވަރު ކުޑަވެގެން ރައްޔިތުންގެ މަޖިލީހުގައި އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ކޯޒްވޭ އެޅުމުގެ އީއައިއޭ ފުރިހަމަ ކުރި ނަމަވެސް އަމަލީ މަސައްކަތް ފެށޭނެ ތާރީހެއް އަދި ނޭނގެ އެވެ.